ހިތަދޫއަށް އުފާވެރި ދުވަހެއް! 6 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ލ. ހިތަދޫގައި ތަރައްޤީގެ 6 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މި 6 މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިތަދޫއަށް ވަޑައިގެންނެވެ.

މި 6 މަޝްރޫއުއަކީ ހިތަދޫ ކުނަހަންދޫ ކޯޒްވޭ، ބީއެމްއެލްގެ ބްރާންޗެއް ތަރަށްގީކުރުން، ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް، ފުލުހުންގެ މަރުކަޒު، ވޮލީ ކޯޓް އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ހިމެނެ އެވެ.

މި މަޝްރޫޢުތަކުގެ ތެރެއިން ކޯޒްވޭގެ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުﷲ މުއްތަލިބް އެވެ. ބީއެމްއެލްގެ ބްރާންޗުގެ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އަޅައިދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އެވެ. އަދި ވޮލީ ކޯޓާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފައްޓަވައިދެއްވީ ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު އެވެ.

މި ރަސްމިއްޔާތުތަކުގައި ސަރުކާރުގެ އިސް ވަޒީރުންގެ އިތުރުން، ބީއެމްއެލްގެ ޗެއަރޕާސަން ޢަލީ ޙަބީބު، ސީއީއޯ އަޙްމަދު ޝަރީފް، އެމްޓީސީސީގެ އެމްޑީ ޑީސީޕީ ރިޓަޔަރޑް އަޙްމަދު ސަޢުދީ، އާރުޑީސީގެ އެމްޑީ އިބްރާހިމް ނަޒީމް އަދި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ބައިވެރިވެވަޑައިގެންނެވި އެވެ.

މި ދަތުރުފުޅުގެ ތެރެއިން ހިތަދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި މުވައްސަސާތަކުގެ އިސްވެރިން ގެ އިތުރުން ރައްޔިތުންނާ ރައީސް ބައްދަލުކުރައްވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. ހިތަދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ