ރާއްޖޭގައި ފުރަތަމަ ފަހަރަށް ސެންޓު ވަގުތުން ތައްޔާރުކޮށްދޭ މަޝްހޫރު ސެންޓް ފިހާރަ އައިލެންޑް ޕާފިއުމްސްއިން އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރަކަށް މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަ (އައްޒަ) ހަމަޖައްސައިފި އެވެ.
އައިލެންޑް ޕާފިއުމްސްއަކީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ޕާފިއުމް ބާރ އެވެ. މި ފިހާރައިން މަޝްހޫރު ބްރޭންޑްތަކުގެ ސެންޓުތައް ވިއްކުމުގެ އިތުރުން، ކަސްޓަމަރުންނަށް އެމީހުންގެ އަމިއްލަ ސެންޓު ތައްޔާރުކުރުމުގެ ފުރުސަތު ދެއެވެ. މިގޮތުން އެކި ޕާފިއުމްތައް މިކްސްކޮށްގެން ކަސްޓަމަރުން ބޭނުންވާ ވަހެއް ދުވާ ސެންޓެއް ތައްޔާރުކޮށްދެއެވެ.
އައިލެންޑް ޕާފިއުމްސްގެ ޑިރެކްޓަރ އަބްދުﷲ ޝަބީން މުޙައްމަދު ވިދާޅުވީ، ”އަޅުގަނޑުމެން ވަރަށް އުފާވޭ އައްޒަ ފަދަ ޓެލެންޓެޑް އަދި މަޝްހޫރު ފަންނާނެއް އަޅުގަނޑުމެންގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެހުނީތީ. އައްޒަގެ އެހީގައި އަޅުގަނޑުމެންގެ ވިޔަފާރި އިތުރަށް ކުރިއަރައި، ގިނަ ބަޔަކަށް އަޅުގަނޑުމެންގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އުއްމީދުކުރަން.“ އެވެ.
ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސުމާއި ގުޅިގެން އައްޒަ ވިދާޅުވީ، ”އައިލެންޑް ޕާފިއުމްސްއަކީ ރާއްޖޭގައި ވަރަށް މަޝްހޫރު ބްރޭންޑެއް. އަޅުގަނޑު ވަރަށް އުފާވޭ މިފަދަ ކުންފުންޏެއްގެ ބްރޭންޑް އެމްބެސެޑަރަކަށް ވުމުގެ ފުރުޞަތު ލިބުނީތީ. އަޅުގަނޑު މަސައްކަތްކުރާނަން މި ބްރޭންޑް އިތުރަށް ކުރިއެރުވުމަށް.“ ކަމަށެވެ.
އައިލެންޑް ޕާފިއުމްސްއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސެންޓު ހެދުމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދި ކުންފުންޏެކެވެ. ސެންޓުގެ އިތުރުން ލޯޝަނާއި ޓޮޕް ކޮލެޓީގެ އަތަރު ވެސް މި ފިހާރައިން ލިބެއެވެ. އަދި ގޭތެރެ އަދި ކާރުފަދަ ތަންތަނަށް ހާއްސަ ރޫމް އެންޑް ލައިނެން ސްޕްރޭ އާއި، ރޯގާއަށް ހާއްސަ ”ބޮޑު އާވި“ ވެސް ވަނީ ތަޢާރަފްކޮށްފައެވެ.
އައިލެންޑް ފާފިއުމްސްގެ ދެ ފިހާރަ މާލޭ ގެ ދެ ހިސާބެއްގައި ހުންނަ އިރު ވިއްކާ ތަކެއްޗާއި އެ ތަކެތީގެ އަގު އެ ފިހާރައިގެ ވެބްސައިޓް އިން ބަލައިލެވޭނެ އެވެ. އަދި 7558822 އަށް ގުޅައިގެން ނުވަތަ ވައިބަ ކޮށްގެންވެސް އޯޑަރު ކުރެވޭނެ އެވެ.