ނަރުދޫ ބަނދަރު ފުޅާކުރުމަށް ދޭންޖެހޭ ހުއްދަ މިހާރު ވާނީ ދީފަ: ރައީސް

Advertisement

އެންމެ ފަސް

Advertisement

ށ. ނަރުދޫ އަށް ދިމާވެފައިވާ ބަނދަރުގެ މައްސަލަ ހައްލުކުރުމަށް އެ ބަނދަރު ފުޅާކުރުމަށް ދޭންޖެހޭ ހުއްދަ ސަރުކާރުން ދީފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނަރުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސް ވިދާޅުވީ، އެ ރަށުގެ ބަނދަރުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށާއި، އެ މައްސަލަތައް ހައްލުކުރުމަށް ދޭންޖެހޭ ހުއްދަ ސަރުކާރުން ދީފައިވާނެ ކަމަށެވެ.

”އަޅުގަނޑުމެން މިހާރު އޮންނާނީ މިނިސްޓްރީ އަށް ހުއްދަ ދީފައި ފުޅާކުރެވެން އޮތް އެންމެ ބޮޑަކަށް ފުޅާކުރުމުގެ ހުއްދަ. ދެން އެހެންވީމަ މިނިސްޓްރީ ގެ ފަރާތުން ގެންދަވަނީ ފަންނީ ގޮތުން އިންޖިނިއަރީން ގޮތުން އަދި ތިމާވެށީގެ ގޮތުން ބަލަން ޖެހޭ ހުރިހާ ކަމެއް ބަލާ ބަނދަރު އެންމެ ބޮޑަށް ޖާގަ ބޮޑު ކުރެވޭނެ ގޮތްތަކެއް ހޯދަމުން،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނަރުދޫގައި ހަތަރު ކުލާސްރޫމަކާއި މަލްޓިޕާޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ބަޔަކާ ހަވާލުކޮށް، މި އަހަރުތެރޭ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. މީގެއިތުރުން، މިއަދު ސޮއިކުރެވުނު ހެލްތު ސެންޓަރުގެ މަޝްރޫޢުގެ ދަށުން އިތުރު ވޯޑަކާއި ލެބޯޓްރީއެއް ޤާއިމްކުރެވި، އިތުރު މުވައްޒަފުން ނެގުމަށްފަހު 16 ގަޑިއިރު ޚިދުމަތްދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ.

އޭގެއިތުރުން ޗައިނާގެ ހިލޭ އެހީގެ ދަށުން އަޅާ ކައުންސިލް އިމާރާތްކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ފުޓްސަލް ދަނޑު އަޕްގްރޭޑްކޮށް، ހޭންޑްބޯލް ކޯޓެއް ޤާއިމްކުރުން ހިމެނިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ށ. ނަރުދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ