އޭސީޕީ ދާއޫދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް، ވިޔަފާރިއެއް ނެތި މިލިއަނުން އާމްދަނީ

Advertisement

އެންމެ ފަސް

Advertisement

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ދާއޫދުގެ އެއްވެސް ވިޔަފާރިއެއް އަދި ހިއްސާއެއް ނެތި ގިނަ އަދަދެއްގެ ރުފިޔާ އެކައުންޓަށް ވަދެ އެ ފައިސާއިން މުދާ ހޯދައިފާކަން ފާހަގަވެ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެއްޖެ އެވެ.

ފުލުހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއު (ބްލޫ ހައުސިން)ގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރުމަށް އެކުލަވާލި ޚާއްސަ ސަބް ކޮމިޓީގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އޭސީޕީ ދާއޫދުގެ އެކައުންޓަށް 2023 އަދި 2024 ވަނަ އަހަރު ދެމެދު ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ ކަމަށާއި، އެ ފައިސާއިން 14.6 މިލިއަން ރުފިޔާގެ އެސެޓް އުފައްދާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ދާއޫދުގެ އެކައުންޓަށް ވަދެފައިވާ ފައިސާގެ އަސްލު އެނގެން ނެތް ކަމަށާއި، އޭނާގެ ނަމުގައި އެއްވެސް ވިޔަފާރިއެއް ނުވަތަ ހިއްސާއެއް އޮތް ކުންފުންޏެއް ނެތް ކަމަށެވެ.

ނާޒިމް ހާމަކުރެއްވި ގޮތުގައި، އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވެސް ދާއޫދުގެ ނަން ހިމެނެ އެވެ. އަދި މއ. ތަޅަމުދިގޭގައި 10 ބުރީގެ އިމާރާތެއް އެޅުމަށް ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ހަބީބާ ގުޅިގެން 10.5 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރެވެ އެވެ.

”ސޯސް އޮފް އިންކަމް ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދޭތެރޭގައި މުހައްމަދު ދާއޫދުގެ އެކައުންޓަށް ޖަމާވެފައިވާ ކަން ފާހަގަކުރެވިފައިވޭ،“ ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، އެފްޑަބްލިއު ރެސިޑެންސްއިން 4.1 މިލިއަން ރުފިޔާގެ އެޕާޓްމަންޓެއް އާއިލާ މެންބަރެއްގެ ނަމުގައި ގަނެ، ފަހުން އެ އެޕާޓްމަންޓް ދާއޫދުގެ ދަރިފުޅެއްގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. މި އެސެޓްތަކަކީ އެމްއެމްޕީއާރްސީގެ ފައިސާއިން އުފައްދާފައިވާ އެސެޓްތަކެއް ކަމަށް ބެލެވޭ ކަމަށް ނާޒިމް ވަނީ ފާހަގަކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ކޮރަޕްޝަން އެމްއެމްޕީއާރްސީ ހިޔާނާތް ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ