ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން އައްޔަނު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން އައްޔަނު ކުރައްވާފައިވަނީ މިއަދު ކަމަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަނުކުރައްވާފައިވަނީ؛
- ބ. ތުޅާދޫ، ގުލްބަހާރުގެ / އިބްރާހީމް އަފީފު
- ދ. މީދޫ، އަކިރިވިލާ / ޝަވްފާ އިބްރާހީމް
މި ދެބޭފުޅުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަނު ކުރެއްވީ އެ ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ ގުޅިގެންނެވެ
ޓެކްސް އެޕީލް ޓްރައިބިއުނަލްއަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ. މި ޓްރައިބިއުނަލްގެ މައިގަނޑު މަސްއޫލިއްޔަތަކީ މީރާގެ ނިންމުންތަކާމެދު ހިތްހަމަނުޖެހިގެން ހުށަހަޅާ މައްސަލަތައް ބެލުމެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސް ހިންގުމުގެ ގާނޫނާއި ނުވަތަ ޓެކްސް ނެގުމުގެ އެހެން ގާނޫނަކާ ގުޅޭ ކަންކަން ނިންމުމުގެ ބޭނުމުގައި އުފައްދާފައިވާ ޓްރައިބިއުނަލް އެކެވެ. މި ޓްރައިބިއުނަލަކީ 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޓްރައިބިއުނަލެކެވެ. ޓްރައިބިއުނަލްއަށް މެންބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖްލިސްގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އެވެ.
