ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު އިފްތިތާހުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ފުރަތަމަ އިންވެސްޓްމަންޓް ފަންޑު، ”ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު“ (ދިނަފް) މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މި ފަންޑު އިފްތިތާހުކޮށްދެއްވީ ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ސީއީއޯ މުހައްމަދު ހުސައިން މަނިކެވެ.

ސީއެމްޑީއޭއިން ރެގިއުލޭޓްކޮށް ލައިސަންސް ދޫކޮށްފައިވާ މި ޕްރައިވެޓް އިންވެސްޓްމަންޓް ފަންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 6 މަހާއި 3 އަހަރާ ދެމެދުގެ މުއްދަތަށެވެ.

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ޗެއާމަން އަބްދުލްވާހިދު ތައުފީގް ވިދާޅުވި ގޮތުގައި، މިއީ އިންވެސްޓަރުންނަށް ރާއްޖޭގެ މާލީ ބާޒާރުން އާންމުކޮށް ލިބޭ ރޭޓްތަކަށްވުރެ ރަނގަޅު ބަދަލެއް ލިބޭނެ ފުރުސަތެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި ފަންޑު އިތުރަށް ފުޅާކޮށް ޕަބްލިކް ފަންޑަކަށް ހެދުމުގެ ވިސްނުން ހުރިކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްއިން ބުނާ ގޮތުގައި މި ފަންޑު އިފްތިތާހުކުރުމާ އެކު، ޕްރައިވެޓް ކެޕިޓަލް މާކެޓަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ. މިއީ ރާއްޖޭގެ އިންވެސްޓްމަންޓް ދާއިރާއަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ.

މި ފަންޑަކީ ރާއްޖޭގެ މާލީ ބާޒާރުގައި އިތުރު ފުރުސަތުތަކެއް ހުޅުވާލައިދޭނެ، އަދި އިންވެސްޓަރުންނަށް އާ މަގުތަކެއް ފަހިކޮށްދޭނެ ކަމެއްގެ ގޮތުގައި ބެލެވެ އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ