ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުން ވިސާމް އިސްތިއުފާ ދެއްވައިފި

Advertisement

އެންމެ ފަސް

Advertisement

ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުން މަރިޔަމް ވިސާާމް އިސްތިއުފާ ދެއްވައިފި އެވެ.

ވިސާމް ވިދާޅުވީ އިސްތިއުފާ ދެއްވީ މި ހަފްތާ ތެރޭގައި ކަމަށެވެ.

އަދި އިސްތިއުފާ ދެއްވީ ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރަން ކަމަށް ވިސާމް ވިދާޅުވި އެވެ.

ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް ވިސާމް އައްޔަންކުރީ ޖެނުއަރީ 4، 2014 ގަ އެވެ.

އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކުއީންސް ލޭންޑުން ބިޒްނަސް އިކޮނޮމިކްސް އިން މާސްޓާސް ހާސިލުކުރައްވާފައިވާ ވިސާމް, މާކެޓިން މެނޭޖްމެންޓުން ޑިގްރީ ހައްދަވާފައިވަނީ ޔޫކޭގެ ނޮތަމްބްރިއާ ޔުނިވާސިޓީން އެވެ.

ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް އައްޔަންކުރުމާ ހަމަޔަށް ވިސާމް ހުންނެވީ ހިއްސާގެ ބާޒާރު ބަލަހައްޓާ، ކެޕިޓަލް މާކެޓް ޑިވޮލޮޕްމެންޓް އޮތޯރިޓީ(ސީއެމްޑީއޭ)ގެ ޑައިރެކްޓަރުގެ މަގާމުގަ އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ