ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫ އެމްޓީސީސީއާ ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

އދ. ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށް އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދުގައެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޑީސީޕީ ރިޑަޔާޑް އަހުމަދު ސައުދީއެވެ. އަދި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބެވެ.

އެމްޓީސީސީ އިން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 25.12 މިލިއަން ރުފިޔާ އަށް 180 ދުވަސްތެރޭ ނިންމާ ގޮތަށެވެ. އަދި މި މަޝްރޫއުގެ ދަށުން 2200 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 558 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުމަށް ވެސް ހަމަޖެހިފައިވާ ކަަމަށް ވެސް ބުނެފައިވެއެވެ.

“ މިއަދު ސޮއެކުރެވުނު މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ހިމާޔަތް ކުރެވިފައިވާ ރީތި ގޮނޑުދޮށެއް ލިބިގެންދާނެ. އަދި ރަށް ގިރުމުގެ މައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެ“ އެމްޓީސީސީ އިން ބުނެފައިވެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު އެ ކުންފުނިން ވަނީ ދިއްދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތާއި ފުޓުސެލް ދަނޑުގެ އަމަލީ މަސައްކަތް ވެސް މިއަދު ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. ދިއްދޫ އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ