އުސްފަސްގަނޑުގައި ރޯލަރ ސްކޭޓިންގ ޓްރެކާއި ސްކޭޓް ބޯޑް ޕާކެއް ތަރައްގީ ކުރަނީ

Advertisement

އެންމެ ފަސް

Advertisement

މާލޭ އުސްފަސްގަނޑުގައި ރޯލަރ ސްކޭޓިންގ ޓްރެކް އަދި ސްކޭޓް ބޯޑް ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

މި މަޝްރޫގެ ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވި އެވެ.

އިއްޔެ ހަވީރު ބޭއްވުނު މި ރަސްމިއްޔާތުގައި، މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިޢު އެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްގެ އިތުރުން މިނިސްޓްރީގެ އެހެނިހެން އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި މަޝްރޫއަކީ ރާއްޖޭގެ ސްކޭޓިންގ ދާއިރާއަށް ވަރަށް މުހިންމު މަޝްރޫއެއްކަމަށް އެކަން ކުރާ ފަރާތްތަކުން ބުނެ އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގައި ސްކޭޓް ހަރަކާތްތައް ހިންގަމުންދާ ފަރާތްތަކާއި، ސްކޭޓްކުރާ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެ، އެކުދިންގެ ހުނަރުވެރިކަން ދައްކާލި އެވެ.

ރައީސް މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އުސްފަސްގަނޑު ސަރަހައްދުގައި ޤާއިމްކުރެވޭ ދާއިމީ ސްކޭޓިން އެރީނާއަކީ ކުޅިވަރާއި އިޖުތިމާޢީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި މި އެރީނާއަކީ ޒުވާނުންގެ ކުރިއެރުމާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް ރައީސް ވިދާޅުވި އެވެ.

މި އެރީނާގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ކުރިއަރަމުން އަންނަ ސްކޭޓްގެ ކުޅިވަރުން ކުރިއަށްދިޔުމަށް ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް އިރާދަކުރެއްވިއްޔާ ފަހިވެގެންދާނެ. މި މަސައްކަތް ފެށިގެންދާ މުނާސަބަތުގައި ރޯލަރސްކޭޓާއި ސްކޭޓްބޯޑު ކޮމިޔުނިޓީއަށް މަރުޙަބާ ދަންނަވަން.

މި މަޝްރޫއަކީ ޒުވާނުންނަށް އަމާޒުކޮށްގެން ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަޝްރޫ އެވެ. މި މަޝްރޫ ނިމުމުން ރާއްޖޭގެ ސްކޭޓިންގ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ