ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލް ބައްލަވައިގަތް ދެ ޕެންޓްހައުސް އިތުރު އެއް އަހަރަށް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ބައްސާމްގެ އެޕާޓްމެންޓް ހިފަހަައްޓާފައިވަނީ މިދިޔަ އޮކްޓޫބަރު މަހު އެވެ. އެ އަމުރުގެ މުއްދަތު ހަމަވުމާއި ގުޅިގެން އިތުރު އެއް އަހަރަށް އެޕާޓްމެންޓް ހިފެހެއްޓުމަށް ދައުލަތުން ކޯޓުގައި އެދިފައިވެ އެވެ.
ބައްސާމްގެ އެޕާޓްމެންޓް އިތުރު އެއް އަހަރަށް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވާކަން ”ޖަވިޔަނި“ އަށް ކްރިމިނަލް ކޯޓު އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލުން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ފުލުހުންގެ މީގެކުރިން ބުނެފައިވަނީ، މި ދެ ފްލެޓަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެފްއޭއެމްއިން ނެގި ލޯނެއްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ގަތް ފްލެޓްތަކެއް ކަމަށެވެ. މި ފްލެޓްތަކަކީ ހުޅުމާލޭ އަމީން އެވެނިއުގެ A1205 އާއި A1206 ކަމަށާއި، މި ދެ ފްލެޓް ގަތުމަށް އެފްއޭއެމްއިން ޖުމްލަ 3,084,000 ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
އެޕާޓްމެންޓްތައް ހިފެެހެއްޓި މައްސަލަ ބައްސާމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުވެސް ކުރި އެވެ. ނަމަވެސް ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމި އެވެ.
ބައްސާމް އަދިލް ޖަލީލް ކްރިމިނަލް ކޯޓު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)