ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރަށް

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މިއީ މި މަހުގެ 23 ވަނަ ދުވަހު ހިނގި ހާދިސާއެއް ކަމަށެވެ. މި ހާދިސާގައި އަނިޔާވީ 34 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންއަންނަ ކަމަށެވެ. އަދި އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ސަންރީފް، އަލީ އަސްއަރު (30އ) އެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.

އައްޑޫ ސިޓީ މާރާމާރީ ދިވެހި ފުލުހުންގެ ޚިދުމަތް ގޭންގް ބިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ