ވިލުފުށީ މިސްކިތަކީ އިސްލާމީ މަރުކަޒެއް ކަމުގައި ރައީސް ކަނޑައަޅުއްވައިފި

Advertisement

އެންމެ ފަސް

Advertisement

ތ. ވިލުފުށީ މަސްޖިދު ޢުމަރު ފާރޫޤް އިސްލާމީ މަރުކަޒެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ ތ. ވިލުފުއްޓަށް ޒިޔާރާތް ކުރައްވާފަ އެވެ. އަދި އެރަށު މަސްޖިދު ޢުމަރު ފާރޫޤް އިސްލާމީ މަރުކަޒެއް ކަމަށް ކަނޑައަޅުއްވާ އެކަން އިއުލާން ކުރެއްވީ ރޭ އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިންނެވެ.

މި ނިންމުން ނިންމަވާ، އެތަނަށް ބޭނުންވާ ލައިބްރަރީއާއި ކްލާސްރޫމާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރައްވާނެކަމަށް ރައީސް މުއިއްޒު ވަނީ ރޭ އިއުލާން ކުރައްވާފަ އެވެ. މިއީ ވިލުފުށީ ރައްޔިތުންގެ އެދުމުގެ މަތިން ރައީސް މުއިއްޒު ނިންމެވި ނިންމެވުމެއްކަން އިސްލާމިކް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މި މިސްކިތުގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހިންގަމުންދާ ކަމަށެވެ. އަދި ޤްރުއާން ހިފްޒު ކުރުމުގެ ޕްރޮގްރާމް ކުރިއަށްދާއިރު ރާއްޖޭން ބޭރު ޓީޗަރެއް މަރުކަޒުގެ ބެލުމުގެ ދަށުން ކިޔަވައިދެމުންދާ ކަމަށްވެސް މައުލުމާތުދީފައިވެ އެވެ.

ވިލުފުށީ މަސްޖިދު އުމަރު ފާރޫޤް މިސްކިތަކީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. މިއީ ނަލަހިޔާ ގްރޫޕްގެ ފަރާތުން ތ. ވިލުފުށީގައި ބިނާކޮށްފައިވާ މިސްކިތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ