ފެމިލީ ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Advertisement

އެންމެ ފަސް

Advertisement

ފެމިލީ ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

ފެމިލީ ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 28 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ 12:00 އާ ހަމައަށެވެ.

ޖޭއެސްސީއިން ބުނެފައިވަނީ އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުޅުވާލާފައިވާ ފުރުސަތުގެ ތެރޭގައި އެ ކޮމިޝަންގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް މަގާމަށް ކުރިމަތިލުމަށް ހުށަހެޅޭނެ ކަމަށެވެ. އަދި އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކަށް އެ މުއްދަތުގެ ތެރޭގައި ޖޭއެސްސީގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ފެމިލީ ކޯޓުގެ ގާޒީއަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 37،700 ރުފިޔާ، ލިވިންގ އެލަވެންސްގެ ގޮތުގައި މަހަކު 18،000 ރުފިޔާ، ރިސްކް އެލަވެންސްގެ ގޮތުގައި މަހަކު 3300 ރުފިޔާ އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އަދި ފޯނު އެލަވެންސް ލިބޭނެ އެވެ.

މި މަގާމަށް ކުރިމަތިލާ މީހަކީ އުމުރުން 25 އަހަރު ވެފައިވާ މީހަކަށް ވާންވާނެ ކަމަށާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ޑިގްރީއެއް ހާސިލުކޮށްފައިވާ މީހަކަށް ވާންވާނެ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށްވެސް ވާންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ފެމިލީ ކޯޓް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ