ވަގަށް އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން މިއަދު ބުނެފައިވަނީ، ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 1.84 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސްއިން މިއަދު އަތުލައިގެންފައިވާ ކަމަށެވެ.

މިތަކެތި އަތުލައިގަނެފައިވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލާފާސްކުރުމުގެ ތެރެއިން ކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތުދީފައިވެ އެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ، މިތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން މި މައްސަލަ މިހާރު ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުން ކަމަށް ކަސްޓަމްސްއިން ބުނެފައިވެ އެވެ.

ކަސްޓަމްސް އައްޑޫ ސިޓީ ހިތަދޫ ޕޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ