ޝަހީމްގެ ދަރިފުޅުގެ އަތުން ވޭޕް ސްޓިކްތަކެއް ފެނުނު! ކަސްޓަމްސް އިން ޖޫރިމަނާވެސްކުރި

Advertisement

އެންމެ ފަސް

Advertisement

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަަދު ޝަހީމް އަލީ ދައީދުގެ ދަރިކަލުން އަބްދުالله މާހިލް ޝަހީމް، ރާއްޖެ އައި ވަގުތު އޭނާގެ އަތުން ގިނަ އަދަދެއްގެ ވޭޕް ސްޓިކް ފެނިގެން ކަސްޓަމްސް އިން އޭނާ ޖޫރިމަނާކޮށްފި އެވެ.

މާހިލް އަތުން ވޭޕްތަކެއް އަތުލައިގެންފައިވަނީ އޭނާ މެލޭޝިޔާގައި ހުރުމަށްފަހު، ރާއްޖެ އައިތަނާ ވެލާނާ އިންޓަަަނޭޝަނަލް އެއާޕޯޓުންނެވެ. އެނގިފައިވާގޮތުގައި މާހިލްއާއެކު އިތުރު މީހަކުވެސް ވޭޕްތަކަކާއެކު ކަސްޓަމްސްގެ ބެލުމުގެ ދަށަށް އެވަގުތު ގެނައެވެ. އެ ދެ މީހުންވެސް އައިސްފައިވަނީ ރޭގެވަގުތެއްގަ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މާހިލްއަތުން 118 ވޭޕް ސްޓިކް އަތުލައިގެންއިރު، ދެން ހުރި މީހާ ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 107 ވޭޕް އަތުލައިގަތެވެ. އެ ދެ މީހުން ކަސްޓަަަމްސް އިން ދޫކޮށްލީ ޖޫރިމަނާކުރުމަށްފަހުގައިކަން އެނގިފައިވެ އެވެ. ނަމަވެސް އެ މީހުން ޖޫރިމަނާކުރި އަދަދެއް ކަސްޓަމްސްއިން ހާމަކޮށްފައެއް ނުވެ އެވެ.

މި މައުލޫމާތު ކަށަވަރުކުރުމަށް ކަސްޓަމްސްއަށް ގުޅާލުމުން ބުނީ، އެ މައުލޫމާތު ސާފުކުރުމަށްފަހު ގުޅާލާނެ ކަމަށެވެ.

ވޭޕް އެތެރެކުރުމުގެ ކުށުގެ ޖޫރިމަނާއަކީ، ކޮންމެ ވޭޕަކަށް 50،000 ރުފިޔާ އެވެ. އެ އަދަދުން 118 ވޭޕް ގުނަކުރާނަމަ، މާހިލް 5.9 މިލިއަން ރުފިޔާއިން ޖޫރިމަނާކުރާނެ އެވެ.

މާހިލް ރާއްޖެއަށް ވޭޕް އެތެރެކުރަން އުޅުނު މައްސަލައިގަ މިއަދު ހަވީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މާހިލް ވޭޕްތަކަކާއެކު އަތުލައިގަތް ވާހަކަ ދޮގުނުކޮށް، މިނިސްޓަރ ޝަހީމް އެކްސްގައި ވިދާޅުވީ އެ ހަބަރުގައި ހިމެނޭ ދެ ވާހަކައެއް ހަޤީޤަތާއި ހިލާފުކަމަށެވެ. އެއް ވާހަކައަކީ ގައިގަ ބަނދެގެން ވޭޕް އެތެރެކުރި ވާހަކަ ކަމަށެވެ. ދެވަނަ ވާހަކައަކީ މާހިލް މެލޭޝިޔާ އެމްބަސީގެ ވަޒީފާއެއް އަދާކުރާ ވާހަކަ ކަމަށެވެ.

މާހިލް އަކީ ޒުވާނުންގެ ކަންކަމުގައި ނަމޫނާ ދައްކައި، ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސް މުހައްމަދު މުއިއްޒަށް ލަފާ އަރުވާ ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރެކެވެ.

ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށްފައިވަނީ މިދިޔަ އަހަރު ދުންފަތުގެ ގާނޫނަށް ގެނެވުނު އިސްލާހަކާއެކު އެވެ. އެއާއެކު އެއަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ވަނީ ވޭޕާ ގުޅޭ އެއްވެސް އެއްޗެއް ރާއްޖެއަށް އެތެރެ ކުރުން މަނާކޮށްފަ އެވެ. އެއަށްފަހު ޑިސެމްބަރު 15 ވަނަ ދުވަހު ވަނީ ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކޮށްފަ އެވެ.

ކަސްޓަމްސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ