އދ. މަހިބަދޫގައި ހަދަމުންދާ އިމާރާތަކުން މީހަކު ވެއްޓި އަނިޔާވެއްޖެ އެވެ.
މި ހާދިޔާގައި އަނިޔާ ވެފައިވަނީ އިންޑިއާ މީހަކަށްކަމަށް މައުލޫމާތު ލިބެ އެވެ.
ޖަވިޔަނި ނޫހަށް ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ މީހާ ވެއްޓުނީ އެ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅެނިކޮށެވެ. އަދި އެމީހާ ވެއްޓުނީ އެ އިމާރާތުގެ ދެވަނަ ފަންގިފިލާ އިން ކަމަށް ވެސް ބުންޏެވެ.
މި ހާދިސާ ހިނގީ މިއަދު ހެނދުނު 9:28 އެހާ ކަން ހާއިރު ކަމަށާއި އެ މީހާ މިހާރު ވަނީ އިތުރު ފަރުވާ އަށް މާލެ ގެނެސްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާގައި އެ އިންޑިޔާ މީހާ އަށް ލިބުނީ ކޮން ކަހަލަ އަނިޔާ އެއް ކަމެއް ސާފެއް ނުވެ އެވެ.
ފުލުހުން އަންނަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.
