ކޮންޓްރޯލްކުރެވިފައިވާ ބޭހެއް ކަމުގައިވާ ބިއުޕްރެނޯފިން، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ވިއްކަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ނެޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ ލުބްނާ ޒާހިރު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލުބްނާ ވިދާޅުވެފައިވަނީ 10 ގުޅަ ބިއުޕްރެނޯފިން 2،000 ރުފިޔާއަށް ވިއްކަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނާ ޚިލާފު ކަމެއްކަމަށާއި، މިކަމާ ގުޅޭގޮތުން ވިއްކާ ފަރާތްތަކާ ބެހޭ ސައްހަ މައުލޫމާތު ބޭނުންކުރާ ގިނަ ފަރާތްތަކުން ދީފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބޭހަކީ ގަދައަށް ކޮންޓްރޯލްކުރެވިފައިވާ ބޭހެކެވެ. މިފަދަ ބޭސްތައް ވިއްކުމުގެ ސަބަބުން ޒުވާނުން މަސްތުވާތަކެއްޗަށް ދެވިހިފަމުންދާ ކަމަށާއި މިހާރު މި ބޭސް ބޭނުންކުރާ ފަރާތްތައް އިތުރުވަމުންދާކަމަށް މައުލޫމާތު ލިބެ އެވެ. އަދި މީގެ ތެރެއިން ގިނަ ފަރާތްތަކުން މަސްތުވާތަކެއްޗަށް ދެވިހިފަން ފަށާފައިވަނީ ޑިޕްރެޝަން ފަރުވާއަށް ބިއުޕްރެނޯފިން ބޭނުންކުރަން ފެށުމަށްފަހު ކަމަށް މައުލޫމާތު ލިބެ އެވެ.
މި ބޭހަކީ ޑިޕްރެޝަންއަށް ފަރުވާ ލިބޭ ބޭހެއްކަމަށް ވިއްކާ ފަރާތްތަކުން ބުނަނީ އާ މީހުން މި ވަބާއަށް ޝިކާރައަކަށް ހެދުމަށް ކަމަށް ބެލެވެ އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސެއިން މަސްތުވާތަކެތި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ