ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސާވިސް ސެންޓަރެއް ގާއިމު ކުރަނީ

Advertisement

އެންމެ ފަސް

Advertisement

ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސާވިސް ސެންޓަރެއް ހެދުމަށް އެމްޕީއެލްއާއި އެލިއާ އިންވެސްޓްމަންޓާ ދެމެދު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްޕީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޕީއެލްގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާނާއި، އެލިއާ އިންވެސްޓްމަންޓްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޕީއެލްގެ ޕޯޓުތައް އިތުރުވަމުން ދިއުމާ ގުޅިގެން، ލޮޖިސްޓިކް މަސައްކަތްތަކާއި ކަނޑާ ގުޅުންހުރި މަސައްކަތްތައް ފުޅާކުރުމަށް ވަނީ ރޭވިފަ އެވެ. އަދި މި އެއްބަސްވުމަކީ ކުޅުދުއްފުށީގައި ހަދާ ޑޮކްޔާޑާއެކު ތަރައްގީކުރަން ހަމަޖެހިފައިވާ މަޝްރޫއެއްގެ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި އެއްބަސްވުމުގައި މިއަދު ސޮއި ކުރި ނަމަވެސް މިއީ އަހަރެއްހާ ދުވަހުގެ މަޝްވަރާއާއެކު ވެވުނު އެއްބަސްވުމެއްކަމަށް ރިޝްވާން ވިދާޅުވި އެވެ.

ރިޝްވާން ވިދާޅުވީ އެމްޕީއެލްއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ އެ ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް ކަމަށެވެ. އަދި ސާވިސް ސެންޓަރު ގާއިމު ކުރުމަށް އެހެން ސަރަހައްދުތަކުންވެސް އެދެމުންދާ ކަމަށާއި މި ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ކުރާނެކަމަށް ރިޝްވާން ވިދާޅުވި އެވެ.

އެލިއާ އިންވެސްޓްމަންޓްގެ މެނޭޖިން ޑިރެކްޓަރު އަލާއުވެސް ވަނީ އެމްޕީއެލްއާ ގުޅިގެން މި ހިދުމަތް އިތުރު ސަރަހައްދުތަކަށް ފުޅާ ކުރުމަށް މަސައްކަތް ކުރާނެކަމަށް ވިދާޅުވެފަ އެވެ.

ކުޅުދުއްފުށި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ