ޗެނަލް 13 ގެ ބްރޯޑްކާސްޓް 2 ގަޑިއިރަށް މެދުކަނޑާލަން އެނގުމާއެކު ރާއްޖެ ޓީވީއަށް އިންޒާރުދީފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކެއް ބެލުމަށްފަހު ރާއްޖެ ޓީވީ އަދި ޗެނަލަ 13 އަށް ފިޔަވަޅު އަޅައިފި އެވެ.

ރާއްޖެ ޓީވީގެ މައްސަލަ އަކީ ބްރޯޑްކޮމްގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލާފައިވާ މައްސަލައެކެވެ. އެ މައްސަލައަކީ ރާއްޖެ ޓީވީއިިން މާޗް 12 ވަނަ ދުވަހުގެ ރޭ ދެއްކި ”އެމްޑީޕީ ކުއްލި އެއްވުން“ ކޮންޓެންޓްގައި ކުޑަކުދިންގެ ކަރާމަތާއި ހައްގުތަކަށް ބުރޫއަރާފަދަ ކޮންޓެންޓް ހިމެނޭ ކަމަށް ބެލެވޭތީ ބްރޯޑްކޮމްއިން ބެލި މައްސަލައެކެވެ.

މި މައްސަލަ ބެލުމަށްފަހު ބްރޯޑްކޮމްއިން މިމަހުގެ 9 ވަނަ ދުވަހު ނިންމާފައިވަނީ، ރާއްޖެ ޓީވީގެ ކޮންޓެންޓްގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓް ގެނެސްފައިވާކަން ސާބިތުވާ ކަމަށެވެ. އެހެންކަމުން، މިފަދަ ކަމެއް ދެން ތަކުރާރުކޮށްފިނަމަ އެ މައްސަލައިގެ ޒާތަށާއި ހައްސާސް ކަމަށް ބަލައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ރާއްޖެ ޓީވީއަށް ދީފަ އެވެ.

މީގެއިތުރުން ޗެނަލް 13 ގެ މައްސަލަ އަކީވެސް ބްރޯޑްކޮމްގެ އަމިއްލަ އިސްނެގުމަށް ބަލާފައިވާ މައްސަލައެކެވެ. މި މައްސަލަ ބަލާފައިވަނީ، ޗެނަލް 13 އިން 17 އޭޕްރިލް ގައި ގެނެސްދިން ފޭސްބުކް ސޯޝަލްމީޑިއާ ލައިވް ޕްރޮގްރާމް ”ދަ ފްރަންޓް އޮފީސް“ ގައި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ބައެއް ވާހަކަތައް ހިމެނޭ ކަމަށް ބެލެވޭތީ އެވެ.

ބްރޯޑްކޮމްއިން ބުނެފައިވަނީ، މި މައްސަލައިގައި ޖަވާބުދާރީވުމަށް ޗެނަލް 13 އަށް ދިން ފުރުސަތުގައި ޖަވާބުދާރީވެފައި ނުވާ ކަމަށާއި އެހެންކަމުން މައްސަލަ ބަލާފައިވަނީ އެ ފަރާތުގެ ބަހެއް ނެތި ކަމަށެވެ. މި މައްސަލައިގައި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވާ ކޮންޓެންޓް ގެނެސްފައިވާކަން ސާބިތުވާ ކަމަށް ބްރޯޑްކޮމްއިން ވަނީ ކަނޑައަޅާފަ އެވެ.

އެހެންކަމުން ޗެނަލް 13 އަށް އަޅާ ފިޔަވަޅެއްގެ ގޮތުން 16 ސެޕްޓެމްބަރު ގެ ރޭގަނޑު 08:00 އިން 10:00 އަށް ޗެނަލް 13 ގެ ޕްރޮގްރާމް ޝެޑިއުލް މެދުކަނޑާލަން ވަނީ އަންގާފަ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ