ނޭޝަނަލް ސިންގަލް ވިންޑޯ ”ޓްރޭޑިއަން“ ރަސްމީކޮށް ބޭނުންކުރަން ފަށައިފި އެވެ.
އިކޮނަމިކް މިނިސްޓްރީއިން ގެޒެޓުގައިކުރި އިއުލާނެއްގައި ބުނެފައިވެނީ އިމްޕޯޓް އަދި އެކްސްޕޯޓާއި ގުޅުންހުރި ބޯޑަރުގައި ހަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ، ހަތަރު ހިދުމަތެއް، އަންނަ އާދިއްތަ ދުވަހުން ފެށިގެން ފޯރުކޮށްދެވޭނީ، ހަމައެކަނި ”ޓްރޭޑިއަން“ ޕްލެޓްފޯމްއިން ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ
- ފޮރިން ގޮއިން ވެސަލް ރަޖިސްޓްރީ ކުރުން
- ވެސަލް އެރައިވަލް / ޑިޕާޗަރ އިންފޮމޭޝަން ހުށަހެޅުން (އީޓީއޭ / އީޓީޑީ)
- ސީ ކާގޯ މެނިފެސްޓް ހުށަހެޅުން
- ޕޯކް އެންޑް ލިކަރ އިމްޕޯޓް ޕަރމިޓް ހުށަހެޅުން
އެ އިއުލާނުގައިވާ ގޮތުން އެ ހިދުމަތްތަކަށް ”ޓްރޭޑިއަން“ ޕްލެޓްފޯމް މެދުވެރިކޮށް އެދެވޭނީ ހަމައެކަނި ”ޓްރޭޑިއަން“ ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައިވާ ފްރައިޓް ފޯވާޑަރުންނާއި ޝިޕިން އޭޖެންޓުން އަދި އިމްޕޯޓަރުންނާއި އެކްސްޕޯޓަރުންނަށެވެ.
މި އިޢުލާނާ ގުޅިގެން، އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، ”ޓްރޭޑިއަންގެ“ ސަޕޯޓް ނަންބަރު 3334001 އަށް ގުޅުއްވުން، ނުވަތަ support@tradian.gov.mv އަށް އީމެއިލް ކުރެއްވުމަށްވެސް މިނިސްޓްރގެ އިއުލާނުގައި ބުނެފައިވެ އެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ޓްރޭޑްނެޓް