4000 ފްލެޓް ގެ ޑިޕޮސިޓް 588 މީހަކު ދައްކައިފި

Advertisement

އެންމެ ފަސް

Advertisement

ގެދޮރުވެރިޔާ ފްލެޓް މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓްތަކުގެ ޑިޕޮސިޓް ފައިސާ 588 މީހަކު ދައްކާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ.

އެ ކޯޕަރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިހާތަނަށް ޑިޕޮސިޓް ދެއްކުމަށް ތާވަލުކުރެވިފައިވަނީ 909 މީހަކަށެވެ. އަދި މިހާތަނަށް ޑިޕޮސިޓް ދެއްކީ 588 މީހެކެވެ. މި ފްލެޓްތަކަށް ޑިޕޮސިޓް ފައިސާ ދެއްކުމަށް ހުޅުވާލީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. މި ފްލެޓްތަކަށް އެޑްވާންސް ފައިސާ ދެއްކުމުގެ ވަކި މުއްދަތެއް އަދި ކަނޑައަޅާފައިނުވެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 އެޕާޓްމަންޓުގެ ތެރެއިން 3 ކޮޓަރީގެ ފްލެޓްތަކަށް 25،000 ރުފިޔާގެ އެޑްވާންސް އަދި 2 ކޮޓަރީގެ ފްލެޓްތަކަށް 15،000 ރުފިޔާގެ އެޑްވާންސް ދައްކަންޖެހެ އެވެ.

ސަބްސިޑީ ނުލާ 2 ކޮޓަރީގެ އެޕާޓްމެންޓެއްގެ ކުއްޔަށް ޖެހެނީ 9،000 ރުފިޔާ އެވެ. އަދި 3 ކޮޓަރީގެ އެޕާޓްމެންޓަކަށް ޖެހެނީ 13،000 ރުފިޔާ އެވެ. ސަބްސިޑީ ލައިގެން ކުއްޔަށް ބޮޑު ލުޔެއް ސަރުކާރުން ވަނީ ދީފަ އެވެ. އެގޮތުން ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުލި ދައްކާ ފަރާތްތަކުން ދެ ކޮޓަރީގެ ޔުނިޓަކަށް ދައްކަންޖެހޭނީ 7,000 ރުފިޔާ އަދި ތިން ކޮޓަރީގެ ޔުނިޓަކަށް 9,000 ރުފިޔާ އެވެ.

ފްލެޓްތަކަށް ބަދަލުވުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭގޮތުން އެފްޑީސީން ބުނެފައިވަނީ، ބޮޑެތި ސާމާނު ގެންދިއުމަށް ޕޯޓަލް މެދުވެރިކޮށް ކިއު ނަންބަރެއް ނަގަންޖެހޭނެ ކަމަށެވެ. ނަމަވެސް އަތުން ހިފައިގެން ގެންދެވޭވަރުގެ ކުދި ސާމާނު ގެންދިއުމަށް ވަކި ކިއު ނަންބަރެއް ނަގާކަށް ނުޖެހޭނެ އެވެ.

ބޯހިޔާވަހިކަން ފަހި ދިރިއުޅުން ކޯޕަރޭޝަން ގެދޮރުވެރިޔާ ސްކީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ