އަމާން އުދަރެސް ގެ ފުރަތަމް ޓެނެންޓަށް ތަޅުދަނޑި ހަވާލުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ގެދޮރުވެރިކުރުމުގެ ސްކީމުގެ ދަށުން ގާއިމްކޮށްފައިވާ އަމާން އުދަރެސް ފްލެޓްތަކުގެ ފުރަތަމަ ޓެނެންޓަށް މިއަދު ރަސްމީކޮށް ތަޅުދަނޑި ހަވާލުކޮށްފި އެވެ.

މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ފްލެޓުގެ ތަޅުދަނޑި ހަވާލުކުރެއްވީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ. ފުރަތަމަ ޓެނެންޓްގެ ގޮތުގައި ތަޅުދަނޑި ހަވާލުކޮށްފައިވަނީ އަމާން އުދަރެސް 14 ވަނަ ޓަވަރުގެ ފްލެޓެއްގެ ވެރިފަރާތް ކަމުގައިވާ ރ. ކަނދޮޅުދޫ، ޔުމްނާ ޒަކަރިއްޔާ އަށެވެ.

ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށާފައިވަނީ ޕޯޓަލް މެދުވެރިކޮށް، ހުރިހާ ކަންކަމެއް ފުރިހަމަކުރުމަށްފަހު އެވެ. އެގޮތުން އެ ފަރާތަކީ އެއްބަސްވުމުގައި ސޮއިކޮށް، ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ފަރާތަކަށްވާންޖެހެ އެވެ.

އެފްޑީސީގެ މައުލޫމާތުތައްދައްކާގޮތުން މިހާތަނަށް 3000އަށްވުރެ ގިނަ މީހުންނާއެކު، ފްލެޓްގެ އެއްބަސްވުމުގައިވަނީ ސޮއިކޮށްފަ އެވެ. އަދި މި ފަރާތްތަކަށް މިހާރު ޑިޕޮސިޓް ޕޭމަންޓް ދެއްކުމަށް ވަނީ ހުޅުވާލާފަ އެވެ.

ފްލެޓްތަކަށް ބަދަލުވުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭގޮތުން އެފްޑީސީން ބުނެފައިވަނީ، ބޮޑެތި ސާމާނު ގެންދިއުމަށް ޕޯޓަލް މެދުވެރިކޮށް ކިއު ނަންބަރެއް ނަގަންޖެހޭނެ ކަމަށެވެ. ނަމަވެސް އަތުން ހިފައިގެން ގެންދެވޭވަރުގެ ކުދި ސާމާނު ގެންދިއުމަށް ވަކި ކިއު ނަންބަރެއް ނަގާކަށް ނުޖެހޭނެއެވެ.

’ގެދޮރުވެރިޔާ‘ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ކުއްޔަށް ބަލާއިރު، 3 ކޮޓަރީގެ ފްލެޓަކަށް 13,000 ރުފިޔާ އަދި 2 ކޮޓަރީގެ ފްލެޓަކަށް 9,000 ރުފިޔާ ކަނޑައަޅާފައިވާއިރު، ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމާފައިވެއެވެ. މިގޮތުން 3 ކޮޓަރީގެ ފްލެޓްތަކުގެ ކުލި 9,000 ރުފިޔާއަށް އަދި 2 ކޮޓަރީގެ ފްލެޓްތަކުގެ ކުލި 7,000 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ނިންމާފައެވެ.

ފްލެޓްތަކަށް ޑިޕޮސިޓްގެ ގޮތުގައި 2 ކޮޓަރީގެ ފްލެޓްތަކަށް 15,000 ރުފިޔާ އަދި 3 ކޮޓަރީގެ ފްލެޓްތަކަށް 25,000 ރުފިޔާ އެއްފަހަރާ ދައްކަންޖެހޭނެ ކަމަށް އެފްޑީސީން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ޑިޕޮސިޓް ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވާކަން ފާހަގަކުރެވެއެވެ.

 

ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ފަހި ދިރިއުޅުން ކޯޕަރޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ