ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް އެޗްޑީސީން ފަށަނީ

Advertisement

އެންމެ ފަސް

Advertisement

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މި ހަރަކާތަކީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ ވޯލްޑް ކްލީން އަޕް ދުވަހާ ދިމާކޮށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގެ ރީތި ގޮނޑުދޮށްތަކަށް އެޅިފައިވާ ކުނި ނަގައި، މޫދު ސާފުކޮށް ބޭއްވުމާއެކު، މޫދުގެ ދިރުންތައް ރައްކާތެރި ކުރުންކަމަށް އެޗްޑީސީން ބުނެ އެވެ. އަދި މީގެ އިތުރުން ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީވެސް މި ހަރަކާތުގެ އަމާޒެއްކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު ފަށާ މި ހަރަކާތް ފެށޭނީ ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުންނެވެ. މި ހަރަކާތުގައި ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށުގެ އިތުރުން މޫދުވެސް ސާފުކުރެވޭނެ އެވެ.

މި ހަރަކާތާ ގުޅުވައިގެން، ތިމާވަށްޓަށް މީހުން ހޭލުންތެރި ކުރުމަށް ”މަންސަ“ ޕްރޮގުރާމްވެސް އެ ދުވަހުގެ ރޭގަނޑު ކުރިއަށްދާނެ އެވެ. މި ހަރަކާތުގައި އެކިއެކި އެންޖީއޯތަކާއި، މިނިސްޓްރީތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވާނެ އެވެ.

ހުޅުމާލޭގެ މާހައުލަކީ އެތަނުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި، މުސްތަގުބަލުގައިވެސް މިފަދަ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ. އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް އަހަރު މި ހަރަކާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުން ކަމަށެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ ހުޅުމާލެ ފޭސް 2

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ