ފަލަސްޠީނު މައްސަލައިގައި ބައިނަލްއަޤްވާމީ އެއްބާރުލުން މުހިންމު: ރައީސް

Advertisement

އެންމެ ފަސް

Advertisement

ފަލަސްޠީނު މައްސަލަ ސުލްޙަވެރިކަމާއެކު ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ނިއުޔޯކް ޑިކްލަރޭޝަން އދ.ގެ ޖެނެރަލް އެސެމްބްލީން ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ކިޔުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި، މި ޑިކްލަރޭޝަނަށާއި ބައިނަލްއަޤްވާމީ ޖަމާޢަތުގެ އެއްބައިވަންތަކަމުގެ ގޮވާލުމަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން އަލުން ފާހަގަކުރައްވައި، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް ޖަވާބުދާރީވުމަށް މިފަދަ މަސައްކަތްތައް މުހިންމުކަން ވިދާޅުވިއެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގައި ނެގުނު ވޯޓުގައި 152 ޤައުމުގެ ތެރެއިން 142 ޤައުމުން ވަނީ ގަރާރަށް ތާއީދުކޮށްފައެވެ. މި ގަރާރުގައި އެންމެ މުހިންމު ގޮތެއްގައި ފާހަގަކޮށްފައިވަނީ ފަލަސްޠީނުގެ މައްސަލައަށް އިންސާފުވެރި އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށާއި، މިނިވަން، އިޤްތިޞާދީގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ފަލަސްޠީނު ދައުލަތެއް ބިނާކުރުމަށެވެ.

ދިވެހިރާއްޖެއިން 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް، އިރުމަތީ ޖެރޫސަލަމަކީ އޭގެ ވެރިކަން ކުރާ ރަށްކަމުގައި ބަލައިގެން، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަށް ވަކާލާތުކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވިއެވެ.

މި ޑިކްލަރޭޝަނަކީ ފްރާންސް އަދި ސައޫދީ އަރަބިއްޔާގެ އިސްނެގުމުގެ ދަށުން 2025 ޖުލައި 28 އިން 30 އަށް އދ.ގައި ބޭއްވުނު މަތީ ފެންވަރުގެ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ނަތީޖާއެކެވެ. މި ޑިކްލަރޭޝަނުގައި ސަރަޙައްދީ ސަލާމަތާއި، އިންސާނީ ޙައްޤުތަކާއި، އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤު ހިމެނޭ ބައިނަލްއަޤްވާމީ ޤާނޫނުގެ އުސޫލުތައް ހަރުދަނާކުރުމަށް ވެސް އިސްކަންދީފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ފަލަސްތީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ