އަލީބާބާގައި ރާއްޖޭގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ފަހިކޮށްދޭނަން: މިނިސްޓަރ ސައީދު

Advertisement

އެންމެ ފަސް

Advertisement

ދުނިޔޭގެ އެންމެ ބޮޑު އީކޮމާސް ޕްލެޓްފޯމްތަކުގެ ތެރެއިން އެއް ޕްލެޓްފޯމް ކަމަށްވާ އަލީބާބާގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ފަށައިފިކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިކޮނޮމިކް މިނިސްޓްރީއިން މި މަހުގެ 16 ވަނަ ދުވަހު އަލީބާބާގެ އެކްސްޕާޓުންނާއެކު އޮންލައިން ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ވޯކްޝޮޕަކީ ރާއްޖޭގައި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ވޯކްޝޮޕެކެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވެފައިވަނީ މި ވޯކްޝޮޕްގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް އަލީބާބާ.ކޮމް ޕްލެޓްފޯމްގައި ސެލާ އެކައުންޓް ހުޅުވައި، އެ ޕްލެޓްފޯމް މެދުވެރިކޮށް އެ ފަރާތްތަކުގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމަށާއި، ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހިންނަށް ސެލާ އެކައުންޓް ހުޅުވޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި މަސައްކަތަކީ އިކޮނޮމިކް މިނިސްޓްރީން ދުނިޔޭގެ ނަން މަޝްހޫރު އީކޮމާސް ޕްލެޓްފޯމްތަކާއެކު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށްވެސް މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން ސަރުކާރުން އަންނަނީ އީވޮލެޓްގެ ހިދުމަތްވެސް ރައްޖޭގައި ފެށުމަށް މަޝްވަަރާކުރަމުންނެވެ. އެގޮތުން ޕޭޕަލްގެ ހިދުމަތް ރާއްޖޭގައިި ފެށުމަށް އެންމެ ފަހުގެ މަޝްވަރާތައް ސަރުކާރުން ކުރައަށްގެންދާކަމަށް ބުނެފައިވެ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ