ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި ކުރިއަށް ގެންދަމުންދާ އިންސްޕެކްޝަންތަކުގައި މިހާތަނަށް 11 ތަނެއް ބަންދުކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީ ހިމެނޭހެން ޤައުމީ ފެންވަރުގައި އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކްފޯސްއިން ދަނީ ވިޔަފާރިތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި މި މަސައްކަތުގެ ތެރެއިން މިހާތަނަށް 35 ތަނެއް އިންސްޕެކްޓްކުރެވި، 11 ވިޔަފާރިއެއް ބަންދު ކުރެވިފައިވާ ކަމަށެވެ. މި މަސައްކަތް ފަށާފައިވަނީ ޤަވާއިދާ ޚިލާފު ވިޔަފާރިތަކުގެ ޝަކުވާ ހުށަހެޅުމަށް 27 ނޮވެންބަރު 2025 ގައި މިނިސްޓްރީން ކުރި އިއުލާނަކާ ގުޅިގެންނެވެ.

މި އިންސްޕެކްޝަންތަކުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމާއި، ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުދޭ ދާއިރާތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ހުއްޓުވުން ހިމެނެ އެވެ. އަދި ޤާނޫނާއި ޤަވާއިދާ ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަކީ ވެސް މި މަސައްކަތުގެ މުހިންމު ބައެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

27 ނޮވެމްބަރ 2025 ގައި ކުރި އިޢުލާނާ ގުޅިގެން މިހާތަނަށް 125 ރިޕޯޓެއް އިކޮނޮމިކް މިނިސްޓްރީއަށް ލިބިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި ރިޕޯޓުތަކާ ގުޅިގެން އިންސްޕެކްޓްކުރެވުނު 35 ތަނުގެ ތެރޭގައި 20 ކެފޭ، 12 ރީޓެއިލް އައުޓްލެޓް، 2 ގަރާޖް އަދި 1 ގެސްޓްހައުސް ހިމެނެ އެވެ. ވިޔަފާރި ބަންދުކުރުމަށް ނޯޓިސް ދީފައިވާ ސަބަބުތަކުގެ ތެރޭގައި، ވިޔަފާރި ކުރުމުގެ ހުއްދަ ނެތުމާއި ދުންފަތުގެ ބާވަތް ވިއްކުމުގެ ހުއްދަ ނެތުން ހިމެނެ އެވެ.

ބިދޭސީން ޤަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އާ ދެމެދު 3333199 އަށް ގުޅުއްވައިގެން ނުވަތަ މިނިސްޓްރީގެ ވެބްސައިޓް trade.gov.mv މެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް ރިޕޯޓުކުރެވޭނެ އިންތިޒާމު އިކޮނޮމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ. މިނިސްޓްރީން އިލްތިމާސްކުރަނީ، ރިޕޯޓުކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން، ތަފްސީލް އަދި ސައްޙަ މަޢުލޫމާތު ޢާންމުން ފޯރުކޮށްދިނުމަށެވެ.

ބިދޭސީން ބިދޭސީންގެ މައްސަލަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ