އެމްޑީޕީން ވަކިވުމުން އެންމެ ގިނައިން ފާޑު ކިޔަނީ އެމްޑީޕީ ވެރިކަން ވައްޓާލަން އުޅުނު މީހުން: މަހުލޫފް

Advertisement

އެންމެ ފަސް

Advertisement

އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވަކިވާން ނިންމި ނިންމުމާމެދު ފާޑުކިޔަމުންދަނީ އެމްޑީޕީގެ ސަރުކާރު ބަދަލުކުރަން އެންމެ މަސައްކަތްކުރި ފަރާތްތައް ކަމަށް ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވީ އެމްޑީޕީން ވަކިވާން ނިންމުމުން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ވަކި ސިޔާސަތުތަކެއް ހިފައިގެން އެއްގޮތެއްގައި ދެމިއޮތް އެންމެ ޕާޓީއެއްވެސް ނެތްކަމަށާއި ދެގޮތެއްނުވެ އެއްވިސްނުމެއްގައި ހުރި ލީޑަރެއްވެސް ނެތްކަމަށް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ރައްޔިތުންނަށް ޚިދުމަތްކޮށް ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީތީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށާއި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު، އެހީތެރިވެ ތާއީދުކޮށްދެއްވި އެންމެހާ ޕާޓީގެ މެންބަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.

2015 ވަނަ އަހަރު އެމްޑީޕީ އާއެކު މަސައްކަތްފެށީ ގަދަކޮށް އޮތް ޕީޕީއެމްގެ ސަރުކާރުދޫކޮށް ނުކުމެއެވެ. އެއީ ޖަލުން އަދި ގޭބަންދުން، އެތައް ގުރުބާނީއެއްވެގެން ގެނައިވެރިކަމެކެވެ. މަސައްކަތްކޮށްގެން މަގާމެއް ހައްގުވަންޔާ ފުރަތަމަ ގުނާ އެކަކަށް އަޅުގަނޑުވާނެއެވެ. ވަޒީރު ކަމަކީ ތަބަކަށް ލާފަދިން މަގާމެއްނޫނެވެ.

މަހުލޫފް ފާހަގަކުރެއްވި ގޮތުގައި ސިޔާސީ ޕޯޑިއަމްއަކަށް، ޓީވީއަކަށް އަރާ އަދި ސިޔާސީ މަސައްކަތެއްގައި އަމަލީގޮތުން ނޫޅޭތާ 2 އަހަރު ވެފައިވާ ކަމަށެވެ.

އެމްޑީޕީން ވަކިވުމަށް ނިންމެވި ނިންމެވުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި، ނަމަވެސް ވަކިވެގެންދަނީ ކީއްވެގެންކަން ޝަކުވާއެއްގެ ގޮތުގައި ކުރައްވާކަށް ނެތް ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި އެކަން އެނގެންޖެހޭ ފަރާތްތަކަށް ސާފުވާނެކަން ޔަގީން ކަމަށްވެސް ވިދާޅުވި އެވެ.

އަހުމަދު މަހުލޫފް އެމްޑީޕީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ