ބިން ހިއްކުން ކުރިއަށް ނުގެންދިޔަ ނަމަވެސް ދެން ހުރި މަޝްރޫއުތައް ކުރިއަށް ދާނެ: މިނިސްޓަރު

Advertisement

އެންމެ ފަސް

Advertisement

ބ. ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދިޔަ ނަމަވެސް ދެން ހުރި މަޝްރޫއުތައް ކުރިއަށް ދާނެ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދާނެ ކަން އިއުލާނު ކުރެއްވުމުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ ދޮންފަނުގެ ބިންހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދިޔަ ނަމަވެސް ބަނދަރުގެ މައްސަލަ ޙައްލުކުރުމާއި، ގޮޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށެވެ.

ދޮންފަނުގެ ބިންހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ނިންމައި ރައީސް އިއުލާނު ކުރެއްވީ މިއަދު އެވެ. ދޮންފަނު ބިންހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެއްބަސްވުމުގައި ވެސް ސޮއިކުރިއެވެ. ރައީސް ވިދާޅުވީ ސޮއިކުރުމުގެ ފަހުން އެ މަޝްރޫއު ކުރިއަށް ގެންދަން އެ ރަށުގެ މީހުން ބޭނުން ނުވާ ކަމަށް މައުލޫމާތު ލިބުނު ކަމަށާއި ވުމާއެކު އެ މަޝްރޫއު ކުރިއަށް ނުގެންދާނެ ކަމަށެވެ.

ދޮންފަނުގެ ބިން ހިއްކުމާއި ދެކޮޅަށް ސޯޝަލްމީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ އަޑުއުފުލަމުންނެވެ. އެއީ ދޮންފަނުގެ ބިން ހިއްކައިފިނަމަ އެ ރަށާ ޖެހިގެން އޮންނަ ހަނިފަރު ސަރަހައްދަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ އެވެ. ހަނިފަރު ބޭ އަކީ ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކެވެ.

މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ