މަހްލޫފް އެމްޑީޕީން ވަކިވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އެމްޑީޕީން ވަކިވެއްޖެ އެވެ.

މަހުލޫފު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލްއަށް ފޮނުވި ސިޓީ އެއްގައި ވަނީ، އެމްޑީޕީއިން މަހުލޫފު ވަކޮކޮށްދެއްވުމަށް އެދިފަ އެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއަށް ހިދުމަތްކުރުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރު އަދާކޮށްފަ އެވެ.

”ވަކިން ހާއްސަކޮށް ރައީސް ސޯލިހު ރާއްޖެއަށް ގެނެސްދެއްވި ތަރަށްގީގެ ބައިވެރިއެއްގެ ގޮތުން، އެމަނިކުފާނުގެ ކެބިނެޓުގައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީތީ ޝުކުރުއަދާކޮށް އުފާކުރަމެވެ.“

މީގެ އިތުރުން، މަހުލުފު ވަނީ އޭނާ އަށް ތާއިދުކޮށްދެއްވި އެންމެހާ މެންބަރުންނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި މި ނިންމުމާއިމެދު އެއްވެސް މެންބަރެއްގެ ހިންހަމަނުޖެހުމެއް އޮތްނަމަ މަހުލޫފްވަނީ އެކަމަށް މާފަށްއެދިފަ އެވެ.

މަހުލޫފްއަކީ އެމްޑީޕީ ސަރުކާރުގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރުކަން އަދާކުރެއްވި ފަރާތެވެ. އޭގެއިތުރުންވެސް މަހުލޫފް ވަނީ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންފަ އެވެ.

އަހުމަދު މަހުލޫފް އެމްޑީޕީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ