ހުޅުމާލެ ކޮމިއުނިޓީ އެލައަންސް (އެޗްސީއޭ) އިން ރާވައި އިންތިޒާމްކުރާ ’އެޗްސިއޭ ކޮމިއުނިޓީ މެޑިކަލް ކޭމްޕް 2025‘ ފަށައިފިއެވެ.
މި ކޭމްޕް ކުރިއަށްދާނީ މިރޭގެ 10:00 އާ ހަމައަށެވެ. މި މެޑިކަލް ކޭމްޕް ގައި 15 ކުލިނިކް އަދި 3 ހޮސްޕިޓަލް ބައިވެރިވެ އެވެ. އަދި 45 އަށް ވުރެ ގިނަ ޑޮކްޓަރުން އަދި 150 އަށް ވުރެ ގިނަ ސިއްހީ ހިދުމަތްތެރިން ބައިވެރިވި އެވެ.
މި ކޭމްޕްއިން ދަތުގެ ފަރުވާ، ކ.ނ.ކ ހާއްސަ ފަރުވާ، ލޮލުގެ ފަރުވާ، އަންހެނުންގެ ތަފާތު ފަރުވާ، ހަކުރު ޓެސްޓު ކުރުން، ބަރުދަން ބެލުން، ނަފްސާނީ ފަރުވާ، އެތެރެހަށީގެ ފަރުވާގެ އިތުރުން ހަމުގެ ތަފާތު ފަރުވާތައް ލިބެ އެވެ.
މި ކޭމްޕް ގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ. މެމޯ އެއް އެޕޮއިންޓްމެންޓެއް ވެސް ހައްދާކަށް ނުޖެހޭނެ އެވެ. ހުޅުމާލެ ފޭސް ދޭއްގައި ކުރިއަށް ގެންދިޔަ ނަމަވެސް މި ކޭމްޕްއަށް ވީހައިވެސް ގިނަ ފަރާތްތަކުން ޒިޔާރަތްކޮށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ.
މި ކޭމްޕް މިއަދު ހަވީރު ހުޅުވުމުން ގިނަ އަދަދެއްގެ ރައްޔިތުން ޒިޔާރަތް ކޮށްފައިވެ އެވެ.