އެޗްސީއޭ ކޮމިއުނިޓީ މެޑިކަލް ކޭމްޕް އަންނަ ހޮނިހިރު ދުވަހަށް ފަސްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ކޮމިއުނިޓީ އެލައަންސް (އެޗްސީއޭ) އިން ރާވައި އިންތިޒާމްކުރާ ’އެޗްސިއޭ ކޮމިއުނިޓީ މެޑިކަލް ކޭމްޕް 2025‘ މި އަންނަ ހޮނިހިރު ދުވަހަށް ފަސްކޮށްފި އެވެ.

އެ އެންޖީއޯގެ ރައީސް ޖިހާދު އަބްދުﷲ ”ޖަވިޔަނި“ އަށް ވިދާޅުވީ މި ކޭމްޕް ފަސް ކުރަން ނިންމީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އަދި މި ކޭމްޕް ދެން އޮންނާނީ 6 ސެޕްޓެމްބަރު 2025 (އަންނަ ހޮނިހިރު) ދުވަހުގެ ހަވީރު 16:00 އިން ފެށިގެން 22:30 ގައި ކަމަށް ވެސް ވިދާޅުވި އެވެ.

މި މެޑިކަލް ކޭމްޕް ގައި 15 ކުލިނިކް އަދި 3 ހޮސްޕިޓަލް ބައިވެރިވެ އެވެ. އަދި 45 އަށް ވުރެ ގިނަ ޑޮކްޓަރުން އަދި 150 އަށް ވުރެ ގިނަ ސިއްހީ ހިދުމަތްތެރިން ބައިވެރިވާނެ ކަމަށް މައުލޫމާތުދީފަިއވެ އެވެ. ޖިހާދު ވިދާޅުވި ގޮތުގައި މި ކޭމްޕް އަކީ ގިނަ ކުލިނިކް ތަކާއި ހޮސްޕިޓަލް ބައިވެރިވެވޭގޮތަށް ރާއްޖޭގައި މިގޮތަށް ބޭއްވޭ ފުރަތަމަ މެޑިކަލް ކޭމްޕް ކަމަށެވެ.

މި ކޭމްޕްއިން ދަތުގެ ފަރުވާ، ކ.ނ.ކ ހާއްސަ ފަރުވާ، ލޮލުގެ ފަރުވާ، އަންހެނުންގެ ތަފާތު ފަރުވާ، ހަކުރު ޓެސްޓު ކުރުން، ބަރުދަން ބެލުން، ނަފްސާނީ ފަރުވާ، އެތެރެހަށީގެ ފަރުވާގެ އިތުރުން ހަމުގެ ތަފާތު ފަރުވާތައް ލިބޭނެ އެވެ.

މި ކޭމްޕް ގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ. މެމޯ އެއް އެޕޮއިންޓްމެންޓެއް ވެސް ހައްދާކަށް ނުޖެހޭނެ އެވެ. ހުޅުމާލެ ފޭސް ދޭއްގައި ކުރިއަށް ގެންދިޔަ ނަމަވެސް މި ކޭމްޕްއަށް ވީހައިވެސް ގިނަ ފަރާތްތަކުން ޒިޔާރަތްކޮށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެޗްސީއޭއިން މައުލޫމާތުދީފައިވެ އެވެ.

ހުޅުމާލެ ކޮމިއުނިޓީ އެލައަންސް (އެޗްސީއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ