ގައުމީ ޔުނިވާސިޓީއަށް 52 އަހަރު ފުރުން ފާހަގަކުރުމަށް ގަސް އިންދައިފި

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ 52 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމެވެ.

މި ހަރަކާތުގައި މިނިސްޓަރު ތޯރިގްގެ އިތުރުން، ޔުނިވަސިޓީގެ އިސް ވެރިންނާއި، މުވައްޒަފުންނާއި، ކައުންސިލް މެމްބަރުންނާއި އަދި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއީ ދަރިވަރުންގެ ޔޫނިއަންގެ އިސްނެގުމާއެކު ފެށި، އެމްއެންޔޫގެ ހުރިހާ ކެމްޕަސްތަކެއް ފެހިކުރުމުގެ މަޝްރޫޢުގެ ފެށުމެވެ.

އެމްއެންޔޫއިން ހާމަކުރި ގޮތުގައި މި މަޝްރޫޢު ފަރުމާކޮށްފައިވަނީ ތިމާވެށި ރައްކާތެރިކުރުމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގްސަދުގައެވެ. އަދި މިއީ ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން ޒުވާން ޖީލަށް އުނގަންނައިދިނުމަށް ކުރެވޭ ރަމްޒީ މަސައްކަތެއް ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.

”ސްޓޫޑަންޓް ޔޫނިއަނުން މަސައްކަތް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގައި ދައްކުވައިދެއްވި އިސްނެގުމާއި ޒިންމާދާރުކަން ފާހަގަކޮށް، އެ ކަމަށް ފަހުރުވެރިވަން،“ އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް ދުވަސްތަކުގައި އެމްއެންޔޫގެ އެކި ކެމްޕަސްތަކުގައި އިތުރު ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ޔުނިވަސިޓީން މަޢުލޫމާތު ދީފައިވެއެވެ.

މިނިސްޓަރ ޠާރިޤު އިބްރާހީމް ޤައުމީ ޔުނިވާސިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ