އަބަދުވެސް މަސައްކަތް ކުރަނީ ފުލުހުންގެ ޚިދުމަތް ދުވަހުން ދުވަހަށް ތަރައްޤީ ކުރަން: މިނިސްޓަރ އިޙްސާން

Advertisement

އެންމެ ފަސް

Advertisement

ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތް ދުވަހުން ދުވަހަށް ކުރިއަރުވާ ތަރައްޤީ ކުރަން ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ، ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަގައެވެ.

މިނިސްޓަރ ވިދާޅުވީ، ފުލުހުންނަށް ބޭނުންވާ ވަޞީލަތްތައް ހޯދައިދީ، ބިނާރުތައް ޤާއިމުކޮށް، ފުލުހުން ތަމްރީންކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ. ވަޞީލަތެއް ލިބެންދެން މަޑުނުކޮށް، އެ ފުލުހެއްގެ ދާއިރާއިން ކުރިއެރުމަށް އަމިއްލައަށް އިސްނަގައިގެން ކޮންމެ ފުލުހަކުވެސް މަސައްކަތްކުރުމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަކީ ފުލުހުންގެ އަސާސީ މަޤުޞަދެއްކަމަށްވާއިރު، ކުށުގެ ވެށްޓަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، އެގޮތަށް ޚިދުމަތް ބައްޓަންކުރުން މުހިންމު ކަމަށާއި، ޚާއްސަކޮށް ބަދަލުވަމުން އަންނަ ދުނިޔޭގައި މިހާރު އެންމެ ޢާންމު ކުށްކުށުގެ ތެރޭގައި ހިމެނޭ ސައިބަރ ކްރައިމް މަދުކޮށް، އެފަދަ ކުށްކުށް ހުއްޓުވުމަށްޓަކައި ވަޞީލަތްތައް ޤާއިމުކޮށް، ތަމްރީނުވާންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ ޚިދުމަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންނަށް އެކަން އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާވަނީ ދީފައެވެ. އެ ގޮތުން 20 އަހަރުން ފެށިގެންގޮސް 35 އަހަރާ ހަމައަށް ޚިދުމަތްކޮށްދީފައިވާ ފުލުހުންގެ އަގުވަޒަންކޮށްފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު، މަދަނީޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ފެށުނު ދުވަސް ފާހަގަކުރުމަށެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ