ފަވަރައިން މިދިޔަ އަހަރު 23 ބިލިއަން ރުފިޔާގެ މުއާމަލާތް ކުރި: އެމްއެމްއޭ

Advertisement

އެންމެ ފަސް

Advertisement

 

އިންސްޓެންޓް ޕޭމަންޓް ސިސްޓަމް ”ފަވަރަ“ މެދުވެރިކޮށް، 2024 ވަނަ އަހަރުގެ ނިޔަލަށް 23 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފަވަރައަކީ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އިންސްޓެންޓް ޕޭމަންޓް ސިސްޓަމް އެވެ. ފަވަރަ ތައާރަފްކޮށްފައިވަނީމިދިޔަ އަހަރުގެ ފަހު ކުއާޓަރުގަ އެވެ.

އެމްއެމްއޭއިން ނެރެފައިވާ މިދިޔަ އަހަރުގެ ޕޭމަންޓް ބުލެޓިންގައިވާ ގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފަވަރަގެ ހިދުމަތް ތައާރަފްކުރި ފަހުން، އަހަރުގެ ނިޔަލަށް ޖުމްލަ 7.7 މިލިއަން މުއާމަލާތް ހިންގާފައިވެ އެވެ. މި މުއާމަލާތްތަކުގެ ޖުމްލަ އަގު 23.7 ބިލިއަން ރުފިޔާއަށް އަރާ ކަމަށް މަރުކަޒީ ބޭންކުން ހާމަކޮށްފައިވެ އެވެ.

ފަވަރަ ރިކުއެސްޓް މެދުވެރިކޮށް، ފައިސާ ލިބެންވާ ފަރާތުން ފައިސާ ދައްކަންޖެހޭ ފަރާތަށް ޕޭމަންޓް ރިކުއެސްޓް ފޮނުވުމުގެ ހިދުމަތް ލިބެ އެވެ. މި ހިދުމަތުގެ ތެރޭގައި ”ފަވަރަ ރިކޯލް“ ހިމެނޭއިރު، މިދިޔަ އަހަރު 304 މުއާމަލާތުން އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ރިކޯލް ކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.

މީގެ އިތުރުން ފަވަރަގެ ހިދުމަތް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން ތައާރަފްކުރި ފަވަރަ އައިޑީގައި ރަޖިސްޓްރީ ކުރި މީހުންގެ އަދަދު 80 ޕަސެންޓަށް ވުރެ އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ. މިގޮތުން މިދިޔަ އަހަރު އެކަނި 17،000 އަށް ވުރެ ގިނަ ފަވަރަ އައިޑީ ރަޖިސްޓްރީކޮށްފައިވެ އެވެ.

އެމްއެމްއޭ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ