އެންމެ އިސްކަންދޭނީ މަކުނުދޫ އެއަރޕޯޓް ތަރައްގީ ކުރުމަށް: ރައީސް

Advertisement

އެންމެ ފަސް

Advertisement

ހދ. މަކުނުދޫގެ ތަރައްގީއަށް އެންމެ އިސްކަންދެއްވަނީ އެއަރޕޯޓް ތަރައްގީކުރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ހދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މަކުނުދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު އެވެ.

ރައީސް ވިދާޅުވި ގޮތުގައި މަކުނުދޫއަކީ ވަރަށް އެކަހެރިކޮށް ހުޅަނގަށް ވަކިން އޮންނަ ރަށަކަށް ވުމުން، ދަތުރުފަތުރުކުރުމަށް އެންމެ އުނދަގޫ އެއް ހިސާބު ކަމަށާއި، އެހެންކަމުން ދުރުރާސްތާގެ ދެމެހެއްޓެނިވި ތަރައްގީއަށް އެއަރޕޯޓެއް ތަރައްގީ ކުރުމަކީ ޒަރޫރީ ކަމެކެވެ.

”އެހެންވީމަ ވަރަށް އިސްކަންދީގެން މިމަސައްކަތް ކުރިއަށްދާނެ. އަދި މި މަޝްރޫއު ކުރިޔަށްދާއިރުގަ މިކަމާ ދެން ހަވާލުވާނެ ފަރާތް އެއީ އެމްއޭސީއެލް، އެއަރޕޯޓް އޮޕަރޭތް ކުރުމަށް، މިއާއެކު އެއަރޕޯޓް ހިންގުން އެމްއޭސީއެލް ހަވާލުވާނެ،“ ރައީސް ވިދާޅުވި އެވެ.

މަކުނުދޫގައި ތަރައްގީކުރާ އެއަރޕޯޓަކީ 1800 މީޓަރުގެ ރަންވޭއަކާއެކު ތަރައްގީކުރާ އެއަރޕޯޓެއް ކަމަށާއި، މި މަޝްރޫޢުގެ ދަށުން ރަށުގެ ބޭނުންތަކަށް 22 ހެކްޓަރުގެ ބިން އިތުރުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއަރޕޯޓްގެ ހުރިހާ އިންފްރާސްޓްރަކްޗަރއެއް ގާއިމްކޮށް ނިމުމާއެކު މަޝްރޫޢު ކުރިޔަށްދާނެ ކަމަށްވެސް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، މަގު ހެދުމުގެ މަޝްރޫޢަކީވެސް މަކުނުދޫއަށް ވަރަށް މުހިންމު އަސާސީ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ. އަދި މި މަޝްރޫޢުގެ ސަބަބުން އިންވެސްޓަރުންނާއި ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ހދ. މަކުނުދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ