ފަގީރުންނަށް ޒަކާތު ފަންޑުން ދޭ އެހީތެރިކަން އިތުރުކުރަނީ

Advertisement

އެންމެ ފަސް

Advertisement

ފަގީރުންނާއި މިސްކީނުންނަށް ޒަކާތު ފަންޑުން ދޭ މިންވަރު އިތުރުކޮށް، އެހީތެރިކަން ދެވޭނެ އިތުރުގޮތްތަކާ ގުޅޭ މަޝްވަރާ ފަށާފައިވާކަމަށާއި، އެކަމާ ގުޅޭ ހާއްސަ ކަރުދާހެއް ކެބިނެޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވެފައި ވަނީ، އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ފަގީރުންނާއި މިސްކީނުންނަށް ޒަކާތުގެ ފަންޑުން އެހީތެރިކަން ދެވޭނެ ގޮތުގެ އިތުރު މަޝްވަރާތައް ފަށައި އެކަމާ ގުޅޭ ހާއްސަ ކަރުދާހެއް ކެބިނެޓަށް ހުށަހަޅަން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

އެގޮތަށް އެ ކަރުދާސް ތައްޔާރު ކުރުމާ ގުޅޭ ކަންކަން ކުރިއަށް ދާ ކަމަށާއި، އޭގެ ތެރޭގައި ބޭސްފަރުވާ އާއި ތައުލީމާއި ބޯހިޔާވަހިކަން ފަދަ ޟަރޫރަތްތަކަށް ދެވޭ އެހީތެރިކަން އިތުރުކުރުން ހިމެނިދާނެކަން ފާހަގަކުރެއްވި އެވެ. އަދި މިކަން ތަރައްގީ ކުރެވިއްޖެނަމަ ހެޔޮ މުޖުތަމައެއް ރާއްޖޭގައި އުފެދިގެން ދާނެކަން ޔަގީން ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ޒަކާތާ ހަވާލުވެ، ބެހުމުގެ އިދާރީ އިންތިޒާމުތަކާއި، ޝަރުއީ ކޮމިޓީ، އިންވެސްޓްމަންޓު އެޑްވައިޒަރީ ކޮމިޓީ ގާނޫނުގައި އެބައޮތް ކަމަށެވެ. އަދި އިންވެސްޓް ކުރާނެ ހަމަތަކާއި ގޮތްތައް އަދި ކުރިއަށް ދެވޭނެ މަގުތަކަކީ ކޮބައިކަން ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.

”އެހެންކަމުން، މި ގާނޫނު ވެގެންދާނީ ފުރިހަމަ ތަނަވަސް އަދި ޒަކާތުގެ އާ އުސްމިނަކަށް ރާއްޖެ ގެންގޮސްދޭނެ ގާނޫނަކަށް.“

ރާއްޖޭގައި ޒަކާތުގެ ކަންކަމުގައި އަމަލުކުރާ ޝަރުއީ ހަމަތައް ޤާނޫނުގައި ބަޔާންކޮށްފައިވާނީ، އެންމެ ފަހުގެ ތަޖުރިބާތަކަށް ބަލައިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބޭނުންވަނީ ރާއްޖެއަކީ ޒަކާތުގެ ކަންކަމުގައި ލީޑިން ގައުމަކަށް ވުމަށް ކަމަށްވެސް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މޯލްޑިވްސް ޒަކާތު ހައުސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ