ޔޫތު އެޑްވައިޒަރީ ބޯޑުން އިސްލާމިކް މިނިސްޓަރުގެ ދަރިކަލުން އިސްތިއުފާ ދެއްވައިފި

Advertisement

އެންމެ ފަސް

Advertisement

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް، ޔޫތު އެޑްވައިޒަރީ ބޯޑުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު އެ ބޯޑަށް އައްޔަންކުރެވުނު މާހިލް، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ތައުލީމު ހާސިލުކުރުމަށްފަހު ގައުމަށް ޚިދުމަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އިސްތިއުފާގެ އިތުރު ތަފުސީލެއް މާހިލް ހާމަކުރައްވާފައެއް ނުވެ އެވެ.

މާހިލްގެ އިސްތިއުފާ މި އައީ، މިދިޔަ ބުރާސްފަތި ދުވަހު މެލޭޝިއާއިން ރާއްޖެ އައިއިރު، ރާއްޖޭގައި މަނާކޮށްފައިވާ ވޭޕް ސާމާނުތަކެއް އެތެރެ ކުރިކަން ފާހަގަކުރެވި، ޖޫރިމަނާކުރެވުނު ފަހުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ތަކެތި ފެނިފައިވަނީ މާހިލްގެ ލަގެޖުންނެވެ. ފެނުނު ތަކެތީގެ ތެރޭގައި 118 ވޭޕް ސްޓިކް ހިމެނެ އެވެ. މާހިލްއަށް ވަނީ މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ޖޫރިމަނާއެއް ކޮށްފަ އެވެ.

ބައެއް ނޫސްތަކުން މާހިލް މިތަކެތި އެތެރެ ކުރީ ގައިގާ ބަނދެގެންކަމަށް ހަބަރު ޖެހުމުން މިނިސްޓަރު ޝަހީމް ވަނީ އެއީ ދޮގެއްކަމަށް ވިދާޅުވެފަ އެވެ. އަދި ހަބަރުތައް ރަނގަޅު ކުރުމަށް އެދިލައްވާފައިވެ އެވެ.

މީގެ އިތުރުން ބައެއް ހަބަރުތަކުގައި މާހިލް އަކީ މެލޭޝިއާ އެމްބަސީގައި ވަޒީފާ އަދާ ކުރާ ފަރާތެއްކަމަށް ބުނެފައިވާތީ މިނިސްޓަރު ވަނީ އެކަންވެސް ދޮގު ކުރައްވާފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޒުަވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ