މެންބަރު މީކާއިލްގެ ނަން އިއްވާ މަޖިލީހުން ނެރެފި

Advertisement

އެންމެ ފަސް

Advertisement

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ނަން އިއްވާ މަޖިލީހުން ނެރެފި އެވެ.

މީކާއިލް މަޖިލީހުން ނެރެފައިވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ އާ ސުވާލު ކުރުމުގެ ފުރުސަތުގައި މެންބަރު މީކާއިލްގެ ސުވާލަށް ޖަވާބު ނުލިބޭކަމަށް ބުނެ މެންބަރު އަޑު ގަދަ ކުރައްވަން ފެއްޓެވުމުންނެވެ.

މެންބަރު މީކާއިލް ކުރެއްވި ސުވާލަކީ ސައުދީގެ ޕްރިންސެއް ރާއްޖެ އައިކަމަށް ބުނެ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިރު ކުރި ހަބަރު ވެބްސައިޓުން ނެގުމާ ގުޅިގެން ކުރި ސުވާލެކެވެ. މެންބަރު ވަނީ ސައުދީގެ ޕްރިންސެއްކަމަށް ބުނެ މީހަކު އައި އައުމަކީ ސަރުކާރުން ގޯސްކޮށް ކަމެއް ކުރެވުމުން ވީ ގޮތެއްތޯ ސުވާލުކޮށްފަ އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވާފައިވާކަމަށް ވިދާޅުވެފަ އެވެ. އެއާއެކު މެންބަރު މީކާއިލް ވަނީ މަޖިލީހުގައި އަޑުގަދަ ކުރައްވަން ފައްޓަވާފަ އެވެ.

މަޖިލީހުގެ ތަޅުމުން މެންބަރު މީކާއިލް ބޭރު ކުރުމަށް ނަން އިއްވާފައިވަނީ ނަސޭހަތް ދިނުމަށް ފަހު އެވެ. މީކާއިލް މަޖިލީހުގެ ތަޅުމުން ނެރެން ޖެހުނީ ބާރުގެ ބޭނުންކޮށްގެންނެވެ.

ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މެންބަރު މީކާއިލް ނަސީމް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ