މިނިވަން 60 އާ ގުޅުވައި ހުޅުމާލޭގައި 60 ރުއް އިންދައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން، ހުޅުމާލޭގައި 60 ރުއް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

މި ރުއްތައް އިންދާފައިވަނީ ހުޅުމާލޭ ފޭސް 2 ގެ ޗެނަލް ޕާކާ އިންވެގެން އޮންނަ ބީޗް ސަރަހައްދުގަ އެވެ. މިއީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގުޅިގެންނެވެ.

މި ހަރަކާތުގައި އެގްރިކަލްޗަރ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެ އިތުރުން، ދިވެހި ބަހާ ބެހޭ މިނިސްޓްރީ އަދި އެންވާރަމަންޓް މިނިސްޓްރީގެ އިސްވެރިންނާއި، އެޗްޑީސީގެ އިސްވެރިންނާއި މުވައްޒަފުން އަދި މާލެއާއި ހުޅުމާލޭގެ ސްކޫލުތަކުން ބައިވެރިވެފައިވެ އެވެ.

މި ހަރަކާތުގައި އިންދުނު 60 ރުކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންދުނު ރުއްތަކެކެވެ.

އެޗްޑީސީން ވަނީ މިދިޔަ އަހަރު އެއް މިލިއަން ގަސް އިންދުމަށް ޕްލެޖެއްގައި ސޮއިކޮށްފަ އެވެ. މީގެ އިތުރުން އެޗްޑީސީން ވަނީ ލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް ގާއިމްކުރުމަށް ނިންމާފަ އެވެ. މި ނާސަރީ ބޭނުންކުރާނީ ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެ، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދާ ގަސްތައް ހެއްދުމަށެވެ.

އެޗްޑީސީގެ އަމާޒަކީ، އެ ކޯޕަރޭޝަންގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީވެސް ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުންކަމަށް އެޗްޑީސީން ބުނެ އެވެ. މި ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މިނިވަން ދުވަސް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ