ރާއްޖެއާއި އޮސްޓްރޭލިއާ އާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައްކޮށްފައި ވަނީ އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނާ ޑޭވިޑް ޖެސަޕް، އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ކުރެއްވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް އިކޮނަމިކް މިނިސްޓްރީއިން ބުނެފައިވެ އެވެ.
އިކޮނަމިކް މިނިސްޓްރީ އިން ބުނީ، އެ މަޝްވަރާތަކުގައި، ރާއްޖެއާއި އޮސްޓްރޭލިއާ އާ ދެމެދު އިގްތިސޯދީ ގުޅުން ވަރުގަދަކުރުމާއި، ދެ ގައުމުގެ މެދުގައި އެއްބާރުލުން ދެވިދާނެ ދާއިރާތައް ދެނެގަތުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށެވެ.
އޮސްޓްރޭލިއާ އާއި ރާއްޖެއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް ހިއްސާކުރަމުންދާ ދެ ގައުމެވެ. ރާއްޖެއިން އޮސްޓްރޭލިއާ އާއެކު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ ޖެނުއަރީ 25، 1974 ވަނަ އަހަރު އެވެ. މިއީ ރާއްޖެއިން އެންމެ ފުރަތަމަ ހާރިޖީ ގުޅުން ގާއިމު ކުރި 20 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
ރާއްޖެ - އޮސްޓްރޭލިއާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
