އޭދަފުށީގައި މިއަހަރު ޑޮލަރު އޭޓީއެމްއެއް ގާއިމު ކުރާނަން: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

ބ. އޭދަފުށީގައި ޑޮލަރު އޭޓީއެމްއެއް މިއަހަރުގެ ތެރޭގައި ގާއިމްކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގަ އެވެ.

އާރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާ އޭދަފުށީގައި މިހާރުވެސް ރަނގަޅު ބޭންކިންގ ނިޒާމެއް ޤާއިމްކުރެވިފައިވާ ކަމަށާއި، އެރަށުގެ ބޭންކިންގ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މި މަޝްރޫގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް މިހާރު ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދަވަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އޭދަފުށީގައި ޑޮލަރު އޭޓީއެމްއެއް ޤާއިމްކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީވެސް އެމަނިކުފާނުގެ ވަޢުދުފުޅެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި ބ. އަތޮޅުގެ ކެންދޫ، ކަމަދޫ އަދި ކުޑަރިކިލުގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ވަނީ ރަސްމީކޮށް ފަށާފަ އެވެ. އަދި އެއަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އޭޓީއެމް ނެތް ހުރިހާ ރަށެއްގައިވެސް އޭޓީއެމްގެ ޚިދުމަތް ރައީސްގެ މި ދަތުރުފުޅުގައި ފެށުމަށް ވަނީ ނިންމާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. އޭދަފުށީ ބީއެމްއެލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ