އޭދަފުށީގައި އަލަށް އާބާދުވާ ސަރަހައްދަށް އަސާސީ ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުން ރައީސްގެ އަރިހުން އެދިއްޖެ

Advertisement

އެންމެ ފަސް

Advertisement

ބ. އޭދަފުށީގައި އަލަށް އާބާދުވާ ސަރަހައްދަށް އަސާސީ ޚިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިވަޑައިގެންފި އެވެ.

އޭދަފުށި ކައުންސިލުން މިކަމަށް އެދިފައިވަނީ ރައީސް މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އޭދަފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވުނު މި ބައްދަލުވުމުގަ އެވެ.

ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރި މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި، ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އަވަސްކުރުމާއި، އަލަށް އާބާދުވާ ސަރަހައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ޞިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކުރުން ހިމެނެ އެވެ. އަދި އާބާދީ އިތުރުވުމާ ގުޅިގެން ކަރަންޓު ނެޓްވޯކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މީގެއިތުރުން، ކުނި މެނޭޖްކުރުމުގެ ދަތިތަކާއި، ރަށު ސްކޫލަށް އައު އިމާރާތެއްގެ މުހިންމުކަން ކައުންސިލުން ފާހަގަކުރި އެވެ. އަދި ”މަގޭ ސޯލާ“ މަޝްރޫޢުގެ ދަށުން އިތުރު ފުރުސަތުތައް ހޯދުމަށް ރައްޔިތުން ބޭނުންވާކަންވެސް ރައީސްގެ ސަމާލުކަމަށް ގެނެވުނެވެ.

ރައީސް މުއިއްޒު ވަނީި ކައުންސިލުން ފާހަގަކުރި ކަންކަން ރަނގަޅަށް ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވާ، ބައްދަލުވުމުގައި ބައިވެރިވި ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް، ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. އޭދަފުށީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ