ދެވަނަ ޓާމް ފެށިއްޖެ! 84،000 އަށްވުރެ ގިނަ ކުދިން އެނބުރި ސުކޫލްތަކަށް

Advertisement

އެންމެ ފަސް

Advertisement

16 ދުވަހުގެ ޗުއްޓީއަކަށްފަހު މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

ފުރަތަމަ ޓާމްގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ރިޕޯޓު ފޮތް ދިނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

އެގޮތުން، އަންނަ ސެޕްޓެމްބަރު މަހުގައި ދަރިވަރުންނަށް މިޑްޓާމް ބްރޭކެއްގެ ގޮތުގައި 9 ދުވަސް ލިބިގެންދާނެ އެވެ.

ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް، ރާއްޖޭގެ ސްކޫލުތަކުގައި 84،000 އަށް ވުރެ ގިނަ ކުދިން މި އަހަރު ކިޔަވަމުން ދެ އެވެ. އެ ކުދިންނަށް ކިޔަވައިދިނުމުގައި ދިވެހި 6،516 ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން މަސައްކަތް ކުރެ އެވެ.

2026 ވަނަ އަހަރު ދިރާސީ އާ އަހަރު ޖެނުއަރީގައި ފަށަން ސަރުކާރުން ނިންމާފައިވާއިރު އަންނަ ޑިސެމްބަރު މަހުގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ކަލަންޑަރުގައިވާ ގޮތުން، އަންނަ އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގައެވެ. ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ގައެވެ. އަދި ދިރާސީ އަހަރު ނިމޭނީ ޑިސެންބަރު 28 ގައެވެ. މިއަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރު 28 އިން ޖެނުއަރީ 27، 2026 އާ ހަމައަށެވެ.

އެޑިއުކޭޝަން މިނިސްޓްރީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ