ޒަކާތު ފަންޑުންދޭ ސްކޮލަރޝިޕަށް 29 ފަރާތަކުން ކުރިމަތިލައިފި

Advertisement

އެންމެ ފަސް

Advertisement

ޒަކާތު ފަންޑުން މިއަހަރު ހުޅުވާލި 50 ސްކޮލަރޝިޕަށް 29 ފަރާތަކުން ކުރިމަތިލާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެޕްރީލް 14 ގައި ކަމަށާއި، އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވީ މެއި 29 ގައެވެ. ކުރިމަތިލި 29 ފަރާތުގެ ތެރޭގައި ހިމެނެނީ މަތީ ތަޢުލީމަށް ދޭ ސްކޮލަރޝިޕަށް ކުރިމަތިލި 18 މީހުންނާއި ޚާއްސަ ސްކޮލަރޝިޕްއަށް ކުރިމަތިލި 11 މީހުންނެވެ.

މި އަހަރުގެ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ޖުމްލަ 50 ފުރުސަތު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރެއިން 20 ފުރުސަތަކީ ރާއްޖޭގައި ކިޔެވުމަށް ދޭ ފުރުސަތު ތަކެވެ. އަދި 30 ފުރުސަތަކީ ރާއްޖެއިން ބޭރުގައި ކިޔެވުމަށް ދޭ ފުރުސަތުތަކެވެ.

ރާއްޖެއިން ބޭރަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތުތަކެވެ. އަދި ރާއްޖޭގައި ކިޔެވުމަށް ދޭ ފުރުސަތުތައް ހުޅުވާލާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކިޔެވުމަށެވެ.

ޒަކާތު ފަންޑުން ދޭ ސްކޮލަރޝިޕްތަކަކީ ފަޤީރު އަދި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މަތީ ތަޢުލީމު ހާސިލުކުރުމަށް ދެވޭ ފުރުސަތުތަކެކެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މޯލްޑިވްސް ޒަކާތު ހައުސް ޒަކާތު ފަންޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ