ޣައްޒާ ފެނަށް ޖެހިއްޖެ!

Advertisement

އެންމެ ފަސް

Advertisement

ފަލަސްތީނުގެ ނަސްލުނައްތާލުމަށް އިޒްރޭލުން ޣައްޒާގައި އިންތިޒާމުވެގެން ހިންގަމުންދާ ޖަރީމާގެ ތެރެއިން ޣައްޒާގެ ރައްޔިތުން ފެނަށް ޖެހިފައިވާ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފި އެވެ.

ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން މިފަހަކާ ޖެހެންދެން ކާބޯތަކެތި ވެއްދުންވެސް އޮތީ މަނާކޮށްފަ އެވެ. ޣައްޒާގެ ރައްޔިތުން ބަނޑުހައިހޫނުކަން ތަހައްމަލުކުރަންޖެހިފައިވާއިރު، މިހާރު ޣައްޒާގެ ރައްޔިތުން ބޯފެނަށް ޖެހެމުންދާ ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.

ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފައިވާގޮތުގައި އިޒްރޭލުމުގެ ހަމަލާތަކުގައި ޣައްޒާގެ ފެން ރައްކާކުރާ ތަންތަނުގެ 80 އިންސައްތަ ވަނީ ސުންނާފަތިކޮށްލާފަ އެވެ. އަދި ފެން ހޮޅިތައްވެސް ބޭނުންނުކުރެވޭވަރަށް ހަލާކުކޮށްލާފައިވާ ކަމަށެވެ. ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ފެން ފޯރުކޮށްދިނުމަށް މަސައްކަތް ކުރިނަމަވެސް ބޭނުންވާ ވަރަށް ފެން ފޯރުކޮށް ނުދެވޭ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

މީގެއިތުރުން ޣައްޒާގައި ބޯފެން ނެގުމަށް ބޭނުންކުރާ ގިނަ ވަޅުތަކެއްވެސް އިޒްރޭލުގެ ހަމަލާތަކުގައި ވަނީ ހަލާކުކޮށްލާފަ އެވެ. އަދި ދެން ހުރި ވަޅުތައް ހުރި އިޒްރޭލު ސިފައިން ހަމަލާތައް ދެމުންދާ ސަރަަހައްދުގައި ނުވަތަ ހަމަލާތަކާ ކައިރި ސަރަހައްދުތަކެއްގައި ކަމަށްވުމުން މީހުންނަށް އެތަންތަނުން ފެން ހޯދުން ވަނީ ނާދިރު ކަމަކަށްވެފަ އެވެ. އެގޮތުން ޣައްޒާގެ 75 އިންސައްތަ ފެން ވަޅު ބޭނުން ނުކުރެވޭ ހާލަތުގައި ހުރި ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

އިޒްރޭލުން ޣައްޒާއަށް 2023 އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 60,839 މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އަދި 149,588 މީހުން ޒަހަމުކޮށްލާފައިވެ އެވެ. އަދި ބަނޑުހައިހޫނުކަމުގައ 160 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ފަލަސްތީން ގައްޒާ ހަނގުރާމަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ