ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ބަޔަކު މަސްޖިދުލްއަޤްސާއަށްވަދެ މިސްކިތުގެ ހުރުމަތް ކެނޑުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ކުށްވެރިކޮށް ވަނީ ބައިނަލްއަޤްވާމީ މުއާހަދާތަކާ ޚިލާފަށް މިގޮތަށް ހިންގާ ކަންކަން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލާފަ އެވެ.
އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމަރް ބެން ގަވިރް ހިމެނޭގޮތަށް ހާހެއްހާ މީހުން އަޤްސީ މިސްކިތަށް ވަދެ ވަނީ ތަނުގެ ހުރުމަތް ކަނޑާ އަޑުގަދަކޮށް އަޅުކަންކޮށް ހަދާފަ އެވެ.
ޔަހޫދީންނަށް މަސްޖިދުލްއަޤްސާގެ ގޯތިތެރެއަށް ވަނުމުގެ ހުއްދަ ލިބިފައިވީނަމަވެސް އެތަނުގެ ތެރޭގައި އަޅުކަންކުރުމުގެ ހުއްދައެއް ނޯވެ އެވެ.
މަސްޖިދުލްއަޤްސާ ބަލަހައްޓާ، ”ދަ ވަޤްފް“ އިން ބުނެފައިވަނީ އާދީއްތަ ދުވަހު ހެނދުނު 1250 ޔަހޫދީން މިސްކިތަށް ވަދެފައިވާ ކަމަށާއި އޭގެތެރޭގައި އިތަމަރް ބެން ގަވިރް ހިމެނޭ ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިޒްރޭލް ފަލަސްތީން
