މަސްތުވެގެން އަމިއްލަ ކޮޓަރީގައި އަލިފާން ރޯކުރި މީހަކު ހައްޔަރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

އދ. އޮމަދޫގައި، މަސްތުވެގެން އަމިއްލަ ކޮޓަރީގައި އަލިފާން ރޯކޮށްލި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އދ. އޮމަދޫ / ސްޓެއްލާ، އަހްމަދު ނާފިއު އެވެ.

ފުލުހުން ބުނެފައިވަނީ އޮމަދޫ ގެއެއްގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު އަޑުގަދަކޮށް ހަޑިހުތުރުބަހުން މުއާމަލާތްކޮށް ތަކެއްޗަށް ގެއްލުންދީ އޭނާ ދިރިއުޅޭ ކޮޓަރީގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައެއް ޖުލައި 27 ވަނަ ދުވަހުގެ ރޭ 21:27 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަލިފާން ރޯކޮށްލުމުގެ ސަބަބުން، މީހަކަށް އަނިޔާވެފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ. ނަމަވެސް ކޮޓަރީގައި ހުރި ގިނަ އަދަދެއްގެ ތަކެތި ބޭނުން ނުކުރެވޭވަރަށް އަނދާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.

އދ. އޮމަދޫ ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ