ކުރިޔަށްއޮތް ހަފްތާއާއި ކުރިޔަށް އޮތް 9 މަސްދުވަހުގެ ތެރޭގައި ޕްލޭންއާއި އެއްގޮތަށް ހުރިހާ މަޝްރޫއުތަކެއް ކުރިޔަށްދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދާނީ ގައުމުގެ ތަރައްގީ ކުރިޔަށް ގެންދިއުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ކަމަށެވެ. އަދި މިކަމުގައި މުޅި ދައުލަތުން މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
”މިކަންކަން ކުރުމުގައި އަޅުގަނޑުމެން ވަރަށް ހީވާގިކަމާއެކު ރެއާއި ދުވާލު މަސައްކަތް ކުރާނަން. ބޭރުގެ އެކި ފަރާތްތަކުގެ އެހީތެރިކަން ހޯދަމުން ވަރުގަދަ އަޒުމެއްގައި އަޅުގަނޑުމެން ދާނީ ކުރިޔަށް،“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކަށްވުރެ ގިނަ މަސައްކަތް މިއަހަރު ޕްލޭންއާ އެއްގޮތަށް ކުރިޔަށްދާނެއެވެ. ”ހުރިހާ ދާއިރާއަކުންވެސް، އެއީ އަޅުގަނޑުގެ އެންމެ މުހިންމު ދާއިރާ ބޯހިޔާވަހިކަމުގެ ދާއިރާ ވިޔަސް، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ހަފްތާތަކާއި މަސްތަކުގައި ފެނިގެންދާނެ،” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މިދިޔަ ގިނަ ދުވަސްތަކުގައި ތައްޔާރުވަމުން އައި ކަންތައްތައް އަމަލީ ގޮތުން ފެނިގެންދާނެއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިޔަށް އޮތް ދުވަސްތަކުގައި ފެނިގެންދާނީ ތަރައްގީގެ މަސައްކަތްތައް ކަމަށްވެސް ވިދާޅުވިއެވެ.
އެމަަނިކުފާނުގެ އެންމެ ބޮޑު އެއް ވައުދަަކީ ބޯހިޔާވެހިކަމުގެ ވައުދުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަފްތާ، އަދި މަސްތަކުގައި އެ ވައުދު ފުއްދުމުގެ މަސައްކަތް ކުރެވިގެންދާތަން ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުން ކާމިޔާބުތަކެއް ހޯދައި، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ ދަތިކަމަށް ހައްލެއް ހޯދަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
”އެއީ، އަޅުގަނޑުގެ އެންމެ މުހިންމު ދާއިރާ، ބޯހިޔާވަހިކަން ކަމުގައިވިޔަސް، އެ ދާއިރާއަށް ބެލިނަމަވެސް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފްތާތަކާއި މަސްތަކުގައި، މި ދަންނަވަނީ އަހަރުތަކެއް ނޫން. ހަފްތާތަކާއި މަސްތަކުގައި ފެނިގެންދާނެ.“
ރަސްމާލެ އާއެކު މަލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރުމަކީ ރައީސްގެ ވައުދެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިވަން ދުވަސް