ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް އިންތިހާބުކޮށްފި އެވެ.
ނޯމަލައިޒިން ކޮމިޓީގެ ބެލުމުގެ ދަށުން ބޭއްވި އެފްއޭއެމްގެ އިންތިހާބުގައި ރައީސްގެ މަގާމަށް ވާދަކުރެއްވީ ތޯރިގް އެކަންޏެވެ.
މި އިންތިހާބުގައި އެންމެ ފަރާތަކުން ވާދަކުރުމުން އެފްއޭއެމްގެ އިލެކްޓޯރަލް ކޮންގްރެސްއިން ނިންމީ ހިތް މައްޗަށް ނަގައިގެން ވޯޓުލުން ކުރިއަށް ގެންދިއުމަށެވެ.
އެގޮތުން ކޮންގްރެސްގައި ބައިވެރިވި 32 މެންބަރުންގެ އިއްތިފާގުން ވަނީ ތޯރިގް އެފްއޭއެމްގެ ރައީސް ކަމަށް އައްޔަނު ކުރުމަށް އިންތިހާބުކޮށްފަ އެވެ. ތޯރިގް އެފްއޭއެމްގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވަނީ ކުރިއަށް އޮތް 4 އަހަރަށެވެ.
އެފްއޭއެމްގެ ހާލަތު ގޯސް، ނޯމަލައިޒިން ކޮމިޓީއަކާ ހިންގުން ހަވާލުކޮށްފައިވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލް އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގަ އެވެ. މި މައްސަލައިގައި ބައްސާމްގެ މައްޗަށް ވަނީ ދައުވާތަކެއްވެސް ކޮށްފަ އެވެ.
އެފްއޭއެމް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިޤް (ޓޮމް)
