ރައީސް މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ޝަރަފުގައި ރަސްމީ ޖާފަތެއް ބާއްވައިފި

Advertisement

އެންމެ ފަސް

Advertisement

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ރަސްމީ ޖާފަތެއް ބާއްވައިފި އެވެ.

މި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބު އަދި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އަދި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު ބައިވެރިވެ ވަޑައިގެންނެވި އެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރުގެ އިސް ބޭފުޅުންނާއި އިންޑިއާ ސަރުކާރުގެ އިސް ވަފުދުގެ މެންބަރުން މި ޖާފަތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިއީ ބޮޑުވަޒީރު މޯދީ އެމަނިކުފާނުގެ ތިންވަނަ ދައުރަށް އިންތިޚާބުވެ ވަޑައިގަތުމަށްފަހު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރީ ދުވަހާއި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރި ތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާވާ ތާރީޚީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން ހުކުރު ދުވަހު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންދިޔަ ދެ ގައުމުގެ މަތީ ފަންތީގެ މަޝްވަރާތަކަށް ފަހު ވަނީ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ނިންމާފައިވާ މަޝްރޫތައް ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލު ކުރުންވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ